ހަވާލުކުރި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާނަން: މައުމޫން ހަމީދު

މައުމޫން ހަމީދު: ބާ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބް ކުރެއްވުމުން ހަވާލުވި ޒިންމާ ފުރިހަމަ އަށް އަދާކުރައްވާނެ ކަމަށް ވިދާޅުވި ---

ބާ ކައުންސިލްގެ ރައީސްއަކަށް އިންތިޚާބު ކުރި މައުމޫން ހަމީދާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރައްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ބާ ކައުންސިލަށް އިންތިޚާބުވެވަޑައިގަތް ފަރާތްތަކަށް މަރުހަބާ ދަންނަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓާ ގުޅުވައިގެން ކުރެއްވި ޓްވީޓްގައި މައުމޫން ހަމީދު ވިދާޅުވީ، ގާނޫނީ ފަންނުގެ އަޚުންނާއި އުޚްތުން ހަވާލުކުރެއްވި މަސްއޫލިއްޔަތު އަދާކުރެވޭ އެންމެ ފުރިހަމައަށް އަދާކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދި ބާ ކައުންސިލްގެ އިންތިޚާބު މައުމޫން ހަމީދު ކާމިޔާބު ކުރައްވާފައިވަނީ ކުރީގެ ބަންޑާރަ ނައިބު އަދި ތަޖުރިބާކާރު ގާނޫނީ ވަކީލްުހުސްނުއް ސުއޫދުއާ ވާދަކުރައްވަ އެވެ.

ބާ ކައުންސިލަށް އިންތިޚާބުވެވަޑައިގަތް ބޭފުޅުންނަށް މަރުހަބާ ދަންނަވައި ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ ގާނޫނީ ދާއިރާގެ ކުރިއެރުމަށް ބާ ކައުންސިލް މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

comment ކޮމެންޓް