ޖާބިރު-ދިޔާނާ: ދުސްތޫރީ މަސްރަހުން ލޯބީގެ ސޮފްހާއެއް

މި ރޯދަމަހު ސަންއިން ގެނެސްދިން އެންމެ ހާއްސަ އެއް ސެގްމަންޓަކީ ކާމިޔާބު ލޯބީގެ އަސަރުގަދަ ވާހަކަތަކެއް ގެނެސްދިން "ކަޕްލް ގޯލްސް"އެވެ. ސިޔާސީ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބު ބޭބޭފުޅުންގެ ޒަވާޖީ ހަޔާތާއި ގުޅޭ ގިނަ ވާހަކަތަކެއް މި ސެގްމަންޓުން ގެނެސްދެވުނުއިރު، މި އެޕިސޯޑް ވާނީ މި ސީޒަނުގެ ފަހު އެޕިސޯޑަށެވެ.

މި އެޕިސޯޑުގެ މެހެމާނުންނަނީ ކާމިޔާބު ވިޔަފާރަވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުﷲ ޖާބިރާއި އަނބިކަނބަލުން، ކުރީގެ އެޓާނީ ޖެނެރަލް ފާތިމަތު ދިޔާނާ ސައީދެވެ.

މީގެ 13 ވަރަކަށް އަހަރު ކުރީން ދެ ބޭފުޅުން ކައިވެނި ބައްލަވައިގަތްއިރު ކައިވެންޏަށް މިހާރު ދެ ފިރިހެން ބޭފުޅުން ވަނީ ލިބިވަޑައިގެންފައެވެ.

ކަޕްލް ގޯލްސްއަށް ޖާބިރާއި ދިޔާނާ ދިން އިންޓަވިއުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތާޖު މަހަލްއާއި ރޯމްގެ އަސްގާޑިއާތަކުގައި ދަތުރުކުރި މި ލޯބީގެ ވާހަކަތައް ދެ ބޭފުޅުން ސަން އާއި ހިއްސާކޮށްފައިވާއިރު، މީގެކުރިން ޖަވާބު ލިބިފައި ނުވާ އެތަށް ސުވާލަކަށް އެއްވެސް ފަސްޖެހުމެއް ނެތި ދެ ބޭފުޅުން ވަނީ ޖަވާބު ދެއްވާފައެވެ.

ދެ ބޭދުޅުންވެސް ވިދާޅުވާގޮތުން އެކަކު އަނެކަކާއި ދެމެދު އެތަކެއް ތަފާތުތަކެއް ހުރިނަމަވެސް އެކުގައި ހޭދަކުރެވޭ ވަގުތުތަކުގައި އެފަދަ އެއްވެސް ތަފާތެއް ނެތެވެ.

ދެ ބޭފުޅުންނަކީވެސް ތަފާތު ދެ މީހުންކަން ގަބޫލުކޮށް އެކަކު އަނެކަކަށް ދޭންޖެހޭ ވަގުތާއި ޖާގަ އަދި ލޯތްބާއި އޯގާތެރިކަމާއިއެކު މި ލޯބި ދަނީ އަދިވެސް ފަރިވެ ފޮޅެމުންނެވެ.

comment ކޮމެންޓް