ވޯޓުކަރުދާސް ފޮޓޯ ނަގައިގެން މީހަކު ހައްޔަރުކޮށްފި

ގއ، ވިލިނގިލި ދެ ނަންބަރު ވޯޓުފޮށި -- ސަން ފޮޓޯ

ވޯޓުކަރުދާސް ފޮޓޯ ނަގައިގެން ގއ. ވިލިނގިލިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ވިލިނގިލިން ހައްޔަރުކޮށްފައި ވަނީ 36 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރު ކުރީ ހެނދުނު 10:11ގައި ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ހައްޔަރުކޮށް ބަޔާން ނެގުމަށް ފަހު، ދޫކޮށްލާނެ އެވެ.

އާންމު އިިންތިހާބާ ގުޅިގެން ފުލުހުންނަށް ތިން މައްސަލަ ހުށަހެޅިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އިންތިހާބުގައި ވޯޓުލުން މިއަދު ހެނދުނު އަށަކުން މިއަދު ހަވީރު ހަތަރަކަށް ކުރިއަށްދާނެ އެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 264،445 މީހުންނަށް ލިބިފައިވާ އިރު، ވޯޓުމިހާތަނަށް 71،000 މީހުން ވޯޓުލުމުގެ ހައްގު އަދާކޮށްފައިވާ ކަމަށް އިލެކްޝަނުން ބުންޏެވެ.

އިންތިހާބުގައި 87 ދާއިރާ އަށް ޖުމްލަ 387 ކެންޑިޑޭޓުން ވާދަކުރާއިރު 501 ވޯޓުފޮށި ބަހައްޓާފައިވެ އެވެ.

comment ކޮމެންޓް