ގައުމުގެ ސުލްހަ މަސަލަސްކަން ގާއިމުކޮށްދެނީ އަޅުގަނޑުމެންގެ މާދަރީ ބަސް: ރައީސް

ރައީސް ސޯލިހް: ގައުމުގެ ސުލްހަ މަސަލަސްކަން ގާއުމު ކޮށްދެނީ މާދަރީ ބަހުން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ދިވެހި ގައުމުގެ ސުލްހަ މަސަލަސްކަން ގާއުމުކޮށްދެނީ އަޅުގަނޑުމެންގެ މާދަރީ ބަހުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރާ މަދަރީ ބަހުގެ މުނާސަބަތުގައި ރައީސް ސޯލިހް ވަނީ ދިވެހި އެންމެހާ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެފަ އެވެ.

މަދަރީ ބަހުގެ މުނާސަބަތުގައި ރައީސް ސޯލިހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާދަރީ ބަހުގެ މުނާސަބަތުގައި ދިވެހި މާދަރީ ބަހުގެ އަހުލުވެރިންނަށް މަރުހަބާ އާއި ތަހުނިޔާ ދަންނަވާ ކަމަށާއި ދިވެހި ގައުމުގެ ސުލްހަ މަސަލަސް ކަން ގާއިމު ކޮށްދެނީ އަޅުގަނޑުމެންގެ މާދަރީ ބަސް ކަމުގައިވާ ދިވެހި ބަހުން ކަމަށެވެ.

"އަޅުގަނޑުމެން ދިވެހީންގެ ތަރައްޤީއާއި ޞުލްޙަ މަސަލަސްކަމާއި އެއްބައިވަންތަކަން ގާއިމުކޮށްދެނީ އަޅުގަނޑުމެންގެ މާދަރީ ބަސް ދިވެހި ބަހުން،" މަދަރީ ބަހުގެ މުނާސަބަތުގައި ދިވެހި ބަހުން ރައީސް ސޯލިހް ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެ އެވެ.

ބައިނަލްއަގުވާމީ މާދަރި ބަހުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ފެބުރުއަރީ 21 ވަނަ ދުވަހެވެ.

comment ކޮމެންޓް