ޑރ. އަފްރާޝީމްގެ މަރާ ގުޅިގެން ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި

ޑރ. އަފްރާޝީމް --

ޑރ. އަފްރާޝީމްގެ މަރާ ގުޅިގެން ދެ މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި އެވެ.

އާންމު ކުރި ވީޑިއޯ އާ ގުޅޭގޮތުން ކޮމިޝަނުން ބުނެފައިވަނީ ވީޑިއޯ އިން ފެންނަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެރޭ އަމީނީމަގުގައި ހުންނަ ކްރަސްޓީސް ރެސްޓޯރެންޓުގެ ހުޅަނގުގައި ހަރަކާތްތެރިވަމުންދާ ބައެއް ކަމަށެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި އޮއްވާ ފެނުނީ އެމަނިކުފާނު ދިރިއުޅުއްވި ހ.ފުންވިލު ގޭގެ ސިޑިމަތިންނެވެ. އެގެ ހުންނަނީ ސްޓެލްކޯ ކައިރިއެވެ.

އަފްރާޝީމްގެ މަރާ ގުޅިގެން ހ. ލޮބީ، ހުސައިން ހުމާމްއާއެކު އިތުރު ބަޔަކު ހައްޔަރުކުރި ނަމަވެސް ހުމާމް ފިޔަވައި އެންމެން ވަނީ ދޫކޮށްލައިފައެވެ. ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފައެވެ. އަފްރާޝީމަށް ވަޅިން ހަމަލާދީ މަރާލި ކަމުގެ ތުހުމަތުގައި ހ. ހިކޯސްޓް، އަލީ ޝާންގެ މައްޗަށް ވެސް ދައުވާކުރިއެވެ. ނަމަވެސް އެ ދައުވާ ސާބިތުނުވާ ކަމަށް ވަނީ ހުކުމް ކޮށްފައެވެ.

ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންނާއި ނުބެލި ހުރި މަރުތަކުގެ މައްސަލަތައް ބަލަން ކޮމިޝަނެއް އެކުލަވަލާފަިއވަނީ އާ ސަރުކާރުގެ ފުރަތަމަ ދުވަހުއެވެ. އެ މައްސަލަތައް ދެ އަހަރު ތެރޭ ބަލާ ނިންމޭނެ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް