ކޮމިޝަނުން ތުހުމަތު ކުރާ ކަންތައްތަކުގެ ހެކި ސުޕްރީމް ކޯޓާ ހިއްސާ ކުރުމަށް އެދިއްޖެ

ސުޕްރީމް ކޯޓުގެ ފަސް ފަޑިޔާރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ރާއްޖޭގެ ޝަރުއީ ދާއިރާއާ ގުޅޭގޮތުން ތުހުމަތު ކުރާ ކަންތައްތަކުގެ ހެކި ސުޕްރީމް ކޯޓާ ހިއްސާ ކުރުމަށް އެ ކޯޓުން ކޮމިޝަނުގައި އެދިއްޖެއެވެ.

އިއްޔެ ބޭއްވި ނޫސް ވެރިންގެ ބައްދަލުވުމުގަައި ވާހަކަ ދައްކަވަމުން އެކޮމިޝަންގެ ރައީސް ކުރީގެ ބަންޑާރަ ނައިބު، ހުސްނުއް ސުއޫދު ވިދާޅުވީ، ގޭންގުތަކުގެ ނުފޫޒު ކޯޓުތަކަށް ފޯރާ ކަމަށާއި އަދި ކްރިމިނަލް ކޯޓުގައި މިހާރު ތިބި ފަނޑިޔާރުން މަގާމުގައި ބައިތިއްބައިގެން އިންސާފު ލިބިދާނެ ކަމުގެ އުންމީދެއް ނެތް ކަމަށެވެެ.

އަދި ބައެއް މައްސަލަތަކުގައި ކޯޓުގެ މުވައްޒަފުންނާއި ފަނޑިޔާރުން ވެސް ޝާމިލުވެގެން ބައެއް މީހުން ދޫކުރާ ކަމާއި މައްސަލަތައް ވަކި ބައެއްގެ މައްޗަށް ސާބިތު ނުކުރާކަން ފާހަގަ ކުރެވައިފައިވާ ސުއޫދު ވަނީ ތުހުމަތު ކުރައްވާފައެވެ.

ސުއޫދުގެ، އެ ތުހުމަތުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ސުޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކޮމިޝަނުން ތުހުމަތުކުރާ ކަންކަމާއި ގުޅުންހުރި ހެކިތައްކުގެ މައުލޫމާތު އެ ކޯޓާ ހިއްސާ ކުރެއްވުމަށް އެދި އެ ކޮމިޝަންގައި މިހާރު އެދިފައިވާ ކަމަށެވެ.

"ކޮމިޝަނުން ފާހަގަ ކުރެވި ކަންތައްތަކުގެ ހަގީގަތް ހޯދައި، ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި އެކަންކަމުގެ މައުލޫމަތާއި އަދި ގުޅުންހުރި ހެކިތަކުގެ މައުލޫމަތު ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓާ ހިއްސާކޮށްދެއްވުމަށް އެދި މިހާރު ވާނީ ކޮމިޝަންގައި ދެންނެވިފަ،" އެންމެ މަތީ ކޯޓު ސުޕްރީމް ކޯޓުގެ ބާޔާނުގައި ލިޔެފައިވެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް ޝަރުއީ ދާއިރާއާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކީ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓުން ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި ބަޔާނުގައި ބުނެފައިވެއެވެ.

"ނިއުސް ކޮންފަރެންސްގައި ޝަރުއީ ދާއިރާއާ ގުޅޭގޮތުން އަދި ވަކިން ހާއްސަކޮށް ކްރިމިނަލް ކޯޓާ ގުޅޭގޮތުން ކޮމިޝަނުގެ ރައީސް ދެެއްކެވި ވާހަކަތަކަކީ، އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ނުހަނު ކަންބޮޑުވާ ކަމެއް،"

https://sun.mv/113451

މަރުތަކާ ބެހޭ ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސުއޫދު އިއްޔެ ވިދާޅުވެފައިވަނީ، "ގޭންގު"ތަކުން ނޮމިނޭޓު ކުރާ ފަނޑިޔާރުން ކޯޓަށް އައްޔަން ކޮށްފައި ހުންނަ ކަމާއި، ވަކި ވަކި "ގޭންގު"ތަކަށް ފަނޑިޔާރުންގެ ކޯޓާއެއް ކަނޑައަޅާފައި ހުންނަ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.

މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން 24 މައްސަލައެއް ބަލަން ނިންމާފައިވާކަން އިއްޔެ ވަނީ ހާމަ ކުރައްވައިފަ އެވެ.

comment ކޮމެންޓް