މާޅޮހު މަޖުދީ އަވަހާރަވެއްޖެ

މާޅޮހު މަޖުދީ --

މިހާރު އަމަލުކުރަމުން އަންނަ ފެހި ގާނޫނު އަސާސީ އެކުލަވައިލުމުގެ މަސަކަތް ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ކުރެއްވި، މުހައްމަދު މަޖުދީ އިބްރާހިމް،56، (މާޅޮހު މަޖުދީ) އަހަވާރަޖެއްވެ އެވެ.

މަޖުދީ އަވަހާރިވީ ނޭވާލުމަށް ދަތިވެގެން ރޭ ދަންވަރު އައިޖީއެމްއެޗުގެ އިމަޖެންސީގައި ފަރުވާދެމުން ދަނިކޮށެވެ.

މަޖުދީގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.

މަޖުދީ އަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެކެވެ.

މަޖުދީއަކީ އަލްއައިނު އުމުރާ ގްރޫޕުން އުމުރާ އަށްދާ މީހުންނަށް އެހީތެރިވުމާއި އަދި ދީނީ ގޮތުން އެ މީހުންނަށް ކަންކަން އޮޅުން ފިލުވައި ދިނުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

މަޖުދީއަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެޑިއުކޭޝަން ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ މުދީރުގެ މަގާމުގެ އިތުރުން މާޅޮހު ސްކޫލްގެ ހެޑްމާސްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

comment ކޮމެންޓް