އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުމުގެ ހުއްދަދޭ ނަމަ އެއް ބިލިއަން ޑޮލަރު ހުށަހަޅައިފި

އިންޑިއާ އިން އައްޑޫ ހިތަދޫގައި ހަދާ ޕޮލިސް ޓްރޭނިން ކެމްޕަސްގެ މަސައްކަތް ކުރިއަށް ދަނީ

އިންޑިއާއާ ސަލާމަތީ ގުޅުންތައް ވަރުގަދަކޮށް، އެ ގައުމުގެ ސިފައިން ރާއްޖޭގައި ދާއިިމީކޮށް ބޭތިއްބުމުގެ ބަދަލުގައި ރާއްޖޭގެ ދަރަނި އަދާ ކުރުމަށް އެއް ބިލިއަން ޑޮލަރުގެ ލުއި ލޯން ދިނުމަށް ތައްޔާރަށް އޮތް ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފި އެވެ.

އިންޑިއާ ސަރުކާރުގެ އޮފިޝަލުންތަކަކާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައި ވަނީ، މި މަހުގެ 17 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ކުރިން، ދެ ގައުމުގެ މެދުގައި ހެދޭ އެއްބަސްވުމުގައި ޝަރުތު ކުރާ ކަންތައްތައް ނިންމާނެ ކަމަށެވެ.

ދެގައުމުގެ މެދުގައި ވެވޭ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި އިންޑިއާ ސިފައިން ބައިތިއްބާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކުރާ އިރު، ޗައިނާއާ ރާއްޖެ ދުރުވުމަށް ވެސް އެބަސްވާ ކަމަށް އެ ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ.

ނޮވެމްބަރު 17، 2018: ރާއްޖޭގެ 7 ވަނަ ރައީސްކަމުގެ ހުވާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވުމަށް ރަސްމީ ބޯޅަ ދަނޑުގައި ބޭއްވި ބޮޑު ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއާ އިން ރާއްޖެއަށް ލޯނު ދޭނީ ބައިބަޔަށް ބަހާލައިން ކަމަށާއި އެ ލޯނުތަކަކީ ވެސް އިންޓްރެސްޓު ހިމެނޭ ލޯނުތަކެއް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އިންޑިއާގެ ނޫސްތަކުން އެގޮތަށް ރިޕޯޓު ކޮށްފައި މިވަނި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ހިމެނޭ ވަފުދެއް އިންޑިއާގެ އިސް ފަރާތްތަކާ އެކު މަޝްވަރާކޮށްފައި ވަނިކޮށެވެ.

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކުރި ކަމަށް ބުނާ ދެ ހެލިކޮޕްޓަރު ބެލެހެއްޓުމަށް ރާއްޖޭގައި 60 ވަރަކަށް ސިފައިން ތިބި އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ ދެ ހެލިކޮޕްޓަރު އަންބުރާ ފޮނުވާލުމަށް އެދުމުން ވެސް އިންޑިއާ އިން ދެ ހެލިކޮޕްޓަރެއް ނުގެންދެ އެވެ. އަދި ސިފައިންގެ ވިސާ އާ ނުކޮށްދިނުމުން ވެސް އެ އެމީހުން އަނބުރާ ނުގެންގޮސް އިންތިހާބު ނިމެންދެން އިންޑިއާ އިން އޮތީ މަޑުކޮށްގެންނެވެ.

ދެހާސް ދިހަ ވަަނަ އަހަރު ދެ ސަރުކާރު ދެމެދުގައިވި އެއްބަސްވުމުގެ ދަށުން ދެ ހެލިކޮޕްޓަރު ދުއްވާނެ ދިވެހިން ތަމްރީންކޮށް ދިވެހިންނާ އެ ދެ އުޅަނދު ހަވާލުކުރަން ޖެހެ އެވެ. ނަމަވެސް މިހާތަނަށް ވެސް ކޮށްފައެއް ނުވެ އެވެ.

އެ 60 ވަރަކަށް ސިފައިންނަށް ކާންބޯންދީ ހުންނާނެ ތަން ހަމަޖައްސައިދޭން ޖެހެނީ ވެސް ދިވެހި ސަރުކާރުންނެވެ.

comment ކޮމެންޓް