ޓިއުނީޝިއާގައި ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި ނުވަ މީހަކު ޒަހަމްވެއްޖެ

ބޮން ގޮއްވާލި ސަރަހައްދު-- ފޮޓޯ: އޭއެފްޕީ

ޓިއުނީޝިއާގެ ވެރިރަށް ތޫނިސްގައި އަންހެނަކު ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާގައި ނުވަ މީހުން ޒަހަމްވެއްޖެ އެވެ.

ތިރީސް އަހަރުގެ އެ އަންހެންމީހާ އެ ބޮންގޮއްވާލައިފައި ވަނީ ލި ޕަލްމޭރިއަމް ކިޔާ ޝޮޕިން ސެންޓަރެއް ކައިރީގަ އެވެ. މިއީ ވަރަށް ގިނަ ކެފޭތަކާ ހޮޓާތަައް ހިމެނޭ ސަރަހައްދެކެވެ. އެ ސަރަހައްދަކީ ވަރަށް ވަރުގަދައަށް ސަލާމަތީ ފިޔަވަޅުތައް ވެސް އަޅާފައި އޮންނަ ސަރަަހައްދެކެެވެ.

ޓިއުނީޝިއާގެ އިންޓީރިއާ މިނިސްޓްރީގެ ސްޕޯކްސްޕާސަން ސޮފެއިން ޒާގް ވިދާޅުވީ އެ ހާދިސާގައި ފުލުހުންގެ އަށް މީހަކަށާއި އަދި އާންމުގެ މީހަކުވެސް ޒަހަމްވެފައިވާ ކަމަށެވެ.

ޒަހަމްވި މީހުން ތޫނިސްގައި ހުންނަ މިލިޓަރީ ހޮސްޕިޓަލަކަށް ޓްރާންސްފާ ކޮށްފައިވާ ކަމަށް ވެސް ސޮފެއިން ވިދާޅުވި އެވެ.

ޓިއުނީިޝިއާގެ ރޭޑިއޯ އެފްއެމްއިން ބުނީ އެ ހަމަލާ ދިނީ ހޭންޑް ގްރެނޭޑްއެއް ބޭނުންކޮށްގެން ކަމަށެވެ. ބޮންގޮއްވާލި މީހާގެ ފޮޓޯތައް މީސްމީޑިއާގައި އާންމުވަނީވެފަ އެވެ. އޭނާގެ ބަނޑު ވެސް އޮތީ ނިކުމެފަ އެވެ.

ޓިއުނީޝިއާގައި ހަރަކާތްތެރިވި ނޫސްވެރިއެއް ކަމަށްވާ ރިކާޑޯ ގޮންޒާލެޒް ވިދާޅުވީ އެއީ އެހާ ބާރުގަދަ ގޮވުމެއް ނޫން ކަމަށެވެ.

ޓިއުނީޝިއާގައި ކުރިން ވެރިކަން ކުރެއްވި ޒައިން އަލް އާބިދީންގެ ވެރިކަން ވެެއްޓުނު ފަހުން އެ ގައުމުގެ ސަލާމަތީ ބާރުތަކާ އަދި ޓޫރިސްޓުންނަށް ދޭ ހަމަލާތައް ވަނީ އިތުރުވެފަ އެވެ.

އަލްޖަޒީރާ

comment ކޮމެންޓް