އުމަރު ނަސީރުގެ ޕާސްޕޯޓު ހިފަހައްޓައިފި

1ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

އުމަރުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ސިވިލް ކޯޓުން އަމުރެއް ނެރެފައި ވަނީ، ސަން އަށް އެނގިފައިވާ ގޮތުގައި އޭނާގެ ސާބިތު ދަރަނީގެ މައްސަލައެއްގަ އެވެ.

އުމަރު އޭނާގެ ޕަބްލިކް ވައިބާ ގްރޫޕުގައި ވިދާޅުވެފައި ވަނީ ޕާސްޕޯޓު ހިފަހައްޓާފައިވާކަން އެނގި ނުލައްވާކަމަށާއި އޭނާ އާ ގުޅޭ އެއްވެސް މައްސަލައެއް އެއްވެސް ކޯޓެއްގައި ނެތް ކަމަށެވެ.

"އެއްވެސް ކޯޓަކަށް ހާޒިރު ކޮށްފައިވެސް ނެތް. އަދި އަޅުގަނޑުގެ ހިއްސާ އެއް އޮންނަ ކުންފުންޏެއްވެސް ނުހުންނާނެ. މާދަން ކޯޓުން ސާފު ކުރާނަން ތިކަން ތިވާ ގޮތެއް،" އުމަރު ވިދާޅުވެފައިވެއެވެ.

އުމަރުގެ ޕާސްޕޯޓު ހިފަހައްޓަފައިވާއިރު އޭނާ ވަނީ އިންތިޚާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާ ސިޔާސަތުތައް ހާމަ ކުރައްވަން ފައްޓަވައިފައެވެ. ނަމަވެސް ސާބިތު ދަރަންޏެއް ސާބިތު ވެފައިވާ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެއެވެ.

comment ކޮމެންޓް