ދިރާގުން އޯޓިޒަމް ސެންޓަރަށް ޕްލޭ ގްރައުންޑެއް އަޅައިދެނީ

އޮޓިޒަމް އެސޯސިއޭޝަނުގެއިސް ބޭފުޅުންނާ ދިރާގުން ބައްދަލު ކުރުން --- ފޮޓޯ: ދިރާގު

އޯޓިޒަމް އެސޯސިއޭޝަންގެ ޕްލޭ ގްރައުންޑު އަޅައިދޭން ދިރާގުން ނިންމައިފިއެވެ.

ހުޅުމާލޭގައި ހުންނަ އޯޓިޒަމް އެސޯސިއޭޝަންގެ މަރުކަޒުގައި ހަދާ މި ޕްލޭގްރައުންޑު ގާއިމްކޮށްދީ އެތަނުގެ އިކުއިޕްމަންޓްގެ ފުލް ސެޓްއަޕް ހަދިޔާ ކުރަން ދިރާގުން ވަނީ ނިންމައިފައެވެ.

އެ ޕްލޭގްރައުންޑްގައި ކުދިންގެ މޯޓަރ ސްކިލްސް ތަރައްގީ ކުރުމަށް ވަސީލަތްތައް ގާއިމްކޮށްދީ އޯޓިސްޓިކް ކުދިންގެ އިޖުތިމާއީ ހުނަރުތައް އިތުރަށް ފުރިހަމަކުރުމަށް ވަސީލަތްތައް ގާއިމް ކޮށްދޭނެއެވެ.

ދިރާގުން ބުނީ ކުޑަކުދިންނަށް އެހީތެރިވުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން އެންމެ އިސްކަންދޭ އެއް ދާއިރާ ކަމަށެވެ.

އެ ކުންފުނީގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނަށް އެހީ ތެރިވުމަށް ތަފާތު ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. މީގެ އިތުރުން ދިރާގުން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް އަކީ ރާއްޖޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ ހަމައެކަނި ކުޅިވަރުގެ ހަރަކާތެވެ.

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަކީ އޯޓިޒަމް އާ ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުމުގެ އިތުރުން އާލީ އިންޓަވެންޝަން ހެދުމަށް މަގު ފަހިކޮށްދޭ ޖަމިއްޔާއެކެވެ. ކުދިންނަން ކްލާހުގެ ތެރޭގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލާން އެހީތެރިވެ، ހެދިބޮޑުވުމަށް ބޭނުންވާ ތެރަޕީތައް އޯޓިޒަމް އެސޯސިއޭޝަނުން ފޯރުކޮށްދެއެވެ.

comment ކޮމެންޓް