މޯލްޑިވިއަން އައިޑަލްގެ ދަތުރު ރޭ ނިންމާލަން ޖެހުނު ބައިވެރިއަކަށް އަބްދުﷲ މުރުޝިދު، ލާރާ ވެއްޖެއެވެ.
އައިޑަލްގެ އޮޑިޝަނުން ފެށިގެން އެންމެންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދިން ލާރާ އައިޑަލް އާ ވަކިވާންޖެހުނީ ޖަޖުންގެ މާކްސް އާއި ބެލުންތެރިންގެ ވޯޓަށް ބަލައި އެންމެ ދަށް ނަތީޖާއެެއް ލިބުމުންނެވެ. ހުކުރު ދުވަހުގެރޭ ދެއްކި ގާލާ ރައުންޑުގެ ދެވަނަ ޝޯގައި ލާރާގެ ހުށަހެޅުމަށް އެންމެ އެދެވޭ ކޮމެންޓެއް ޖަޖުންގެ ފަރާތުން ލިބިފައެއް ނުވެއެވެ.
އައިޑަލްގެ ދަތުރު ލާރާ ނިންމާލުމުން ގަދަ ނުވަޔަކަށް ދަތުރުކުރި ބައިވެރިން ވަނީ ކަށަވަރުވެފައެވެ.
އެ ބައިވެރިންނަކީ މަރިޔަމް މައީޝާ، އަބްދުﷲ މުނާޒް، އައިޝަތު އަޒަލް، ރައިހާން އާދަމް، ހަސަން ޝަހުދާން، އިބްރާހިމް ޝަމީލް އާއި ސައިނާ މުހައްމަދުގެ އިތުރުން ތަސްލީމް އަބްދުލްކަރީމާއި ނައުޝާދު އަބްލުއްލަތީފެވެ.
އަންނަ ހަފްތާގެ ހުކުރު ދުވަހުގެރޭ ގަދަ ނުވައެއްގެ ހުށަހެޅުންތައް ފެންނާނެއެވެ. ހޮނިހިރު ދުވަހުގެރޭ ކޮންމެވެސް އެއް ބައިވެރިޔަކު ޝޯ އިން ކަޓައި ގަދަ އަށެއް ކަށަވަރުވާނެއެވެ.
ރޭގެ ޝޯގައި ބައިވެރިން ވަނީ ރޮކް އެންޑް ރޯލް ތީމަށް ރީތި ޑުއެޓް ލަވަތަކެއް ހުށަހަޅައިދީފައެވެ.