ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފް ހައްޔަރު ކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގެ ހޯމް މިނިސްޓަރު ހަސަން އަފީފް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިދިކޮޅު ކޯލިޝަނުން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގެ ހޯމް މިނިސްޓަރު ހަސަން އަފީފް ހައްޔަރުކޮށްފި އެވެ.

އަފީފު ހައްޔަރުކޮށްފައި ވަނީ ރާއްޖެ ޓީވީއަށް އިންޓަވިއު ދެއްވަމުން ދަނިކޮށް މަޖީދީމަގު އަރަބިއްޔާ ފްލެޓް ކުރިމަތިންނެވެ.

އަފީފުގެ އިތުރުން ރޭ ވަނީ ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރު ވެސް ހައްޔަރު ކޮށްފަ އެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ކްރިމިނިލް ކޯޓު ސަރަހައްދުންނެވެ.

ފުލުހުން ބުނީ ރޭ ޖުމްލަ 15 މީހުން ހައްޔަރު ކޮށްފައިވާ ކަމަށާއި މީގެ ތެރޭގައި ހިމެނެނީ 14 ފިރިހެނުންނާއި އަންހެނެއް ކަމަށެވެ.

މީގެ އިތުރުން 16 ވަނަ ދުވަހުގެ ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި 141 މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ތިބީ ފަސް މީހުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް