މިނިވަންކަން ހޯދަން ކުރި މަސައްކަތް ދައްކުވައިދޭ މައުރަޒެއް ހުޅުވައިފި

ރޭ ދާރުލްއާސާރުގައި މައުރަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެ މިނިވަން ކަމަށް ވާސިލުވުމަށް ކުރި ކަންތަކާއި ރާއްޖެ އަށް މިނިވަންކަން ލިބުމުގެ ކުރިން، ކަންތައް ހިނގައި ދިޔަ ގޮތް ދައްކުވައިދޭ މައުރަޒެއް ހުޅުވައިފި އެވެ.

ރޭ ދާރުލްއާސާރުގައި މައުރަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

"މިނިވަން ކަމުގެ ދަތުރު – މިސްރާބު ޔަގީން"ގެ ނަމުގައި ދާރުލްއާސާރުގައި ކުރިއަށްދާ މައުރަޒު ރަސްމީކޮށް ހުޅުވައިދެއްވާފައި ވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

ރޭ ދާރުލްއާސާރުގައި މައުރަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވީ ރޭ ހުޅުވި މައުރަޒުގައި، ރާއްޖޭގެ މިނިވަންކަން ގެއްލެންދިޔަ އިރު ކަންތައް ވީގޮތް ދައްކުވައިދޭ އެތަކެއް ތަކެއްޗެއް ހުންނާނެ ކަމަށެވެ.

ދުންޔާ ވިދާޅުވީ އެ މައުރަޒުގައި ރާއްޖެ އަށް މިނިވަންކަން ލިބިގެންދިޔަ ގޮތާއި މިނިވަން ކަން ލިބުމަށް ފަހު ކަންތައް ވެގެން ދިޔަ ގޮތް ފެނިގެންދާނެ ކަމަށެވެ. އެގޮތުން މިނިވަން ކަމަށް ފަހު ރާއްޖޭގެ ތައުލީމަށާއި ފަތުރުވެރިކަން ފަދަ ކަންތައްތަކަށް ލިބެމުން އަންނަ ކުރިއެރުންތައް ވެސް އެ މައުރަޒުން ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑިޕާޓްމެންޓް އޮފް ހެރިޓޭޖާއި ގައުމީ ކުތުބުހާނާ އާއި ފޮރެއިން މިނިސްޓްރީ އާއި ގައުމީ އަރުޝީފު އަދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގުޅިގެން ހުޅުވި މައުރަޒުގައި ރާއްޖޭގެ ތާރީހުގައި ހިނގާފައިވާ އެކި ކަންތައް ދައްކުވައިދޭ ތަސްވީރުތައް ހުއްޓެވެ.

ރޭ ދާރުލްއާސާރުގައި މައުރަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މައުރަޒު ހުޅުވުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ދަނީ ބާއްވަމުން ކަމަށެވެ. އަދި އެ މައުރަޒަކީ ރާއްޖޭގެ ތާރީހީ ކާމިޔާބީ މުނާސަބާ ފާހަގަ ކުރުމަށް ފުރިހަމަ ކުރެވުނު ވަރަށް މުހިއްމު ބޮޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް