ސާއިދު މުޅި ގައުމު ހިނިތުން ކޮށްލައިފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސަގެ 100 މީޓަރު ދުވުމުގެ އިވެންޓުން އެއްވަނަ ހޯދައި އައިއޯއަިޖީގެ ހަޔަތުގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިނުމަށްފަހު ސައިދު ދިވެހި ގައުމީ ދިދަ ހިފައިގެން އުފާ ކުރަނީ --- ފޮޓޯ/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ސޯޝަލް ނެޓްވޯކްތަކާއި ވައިބާ ގްރޫޕްތަކުގައި ދައުރު ވަމުން ދިޔައީ ސިޔާސީ ބަހުސްތަކެވެ. ހޫނުކޮށް އެކަކު އަނެކަކަށް ރައްދު ދެމުން ގެންދިޔަ އެވެ. މިނިވަން 50ގެ އުފަލާ އެކު ހިނިތުންވި މޫނުތައް ވެސް ކުޅިވަރުތައް ނިމުމުން ކުރީގެ ހާލަތައް ބަދަލުވި އެވެ. އެއްބަޔަކު މިނިވަން 50 ހަށް ކުރި ބޮޑު ހޭދައަކީ ނުބައްދަލު ކަމެއް ކަމަށް ބުނެ ސީޔާސީ ބަހުރުވައިން ފާޑު ކިޔަމުން ގެންދިޔަ އެވެ.

އިއްޔެގެ އިރުއޮއްސުމާއި ހަމަޔަށް ވެސް އަޑުތަކާއި ވާހަކަތަކާއި މަންޒަރުތައް އޮތީ އެގޮތުގައެވެ. ނަމަވެސް ހާލަތު ބަދަލު ވެގެން ދިޔައެވެ. އެ ހާލަތު ބަދަލުކޮށްލީ ގައުމަށް ގެނައި ސިޔާސީ ބޮޑު އިންގްލާބަކުން ނޫނެވެ. ނަމަވެސް އެއީ ހަމަ އިންގިލާބެކެވެ. ތާރީޚް ބައްދަލު ކޮށްލި ވަރުގަދަ އިންގުލާބެކެވެ. ދެކުނު އޭޝިއާ ސަރަހައްދުގައި ހުރި އެންމެ ބާރު ދުވުންތެރިޔާ ރާއްޖޭގެ ޙަސަން ސާއިދު 'ހިންދު' ކަނޑުގެ ޖަޒީރާ ގައުމުތަކުގެ ބައިނަލްއަގްވަމީ ކުޅިވަރު މުބާރާތުން ރާއްޖެއަށް ފުރަތަމަ ރަން މެޑަލް ހޯދައިދިނުމެވެ.

އެންމެންގެ ލޯތަކުން އުފާވެރި ކަމުގެ ކަރުނަ ހިލިގެން ދިޔައެއެވެ. ގައުމީ ޖޯޝުން އެންމެ އާދައިގެ މީހާއިން ފެށިގެން ގައުމުގެ އެންމެ މަތީ ފަޑީގައި ތިއްބެވި ބޭފުޅުންގެ ލޭވެސް ކައްކުވާލިއެވެ.

އައިއޯއައިޖީގައި 100 މީޓަރު ދުވުމުން ރާއްޖެއަށް ރަން މެޑަލް ހޯދައިދިނުމަށް ފަހު، ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ޝުކުރުގެ ސަޖިދައެއް ކުރަނީ -- އެމްއޯސީ ފޮޓޯ: ހުސައިން ސިނާން

ފައިނަލް އިވެންޓުގައި އެއް ވަނަ ހޯދީ މޮރިޝަސްގެ ދެ ދުވުންތެރިން ފަހަތަށް ޖައްސާލުމަށް 10:51 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ސާއިދު ދުވުމެއް ނިންމާލަނީ: އޭނާ ވަނީ ދުވެގެން ރާއްޖެއަށް ރަން މެޑަލެއް ހޯދައިދީފައި -- ފޮޓޯ: އެމްއޯސީ

ސިޔާސީ ގޮތުން ކަފި ކަފިވެފައިވާ ހިތްތައް އެއް ހިޔާލަކަށް ގެނެސް ދިނެވެ. މި ހުރިހާ ބަދަލެއް ގައުމަށް ގެނެސް ދިނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ރިޔޫނިއަންގައި ކުރިއަށް ދާ ގޭމްސްގެ 100 މީޓަރު ދުވުމުގެ އިވެންޓްގެ ފައިނަލް ކާމިޔާބުކޮށް ރަން މެޑަލް ހޯދި ހަސަން ސާއިދެވެ. އެ ބަދަލާއެކު އެންމެން ސާއިދަށް މަރުހަބާ ކިޔަމުން ދިޔަ އެވެ. ޓްވިޓައީ ފޭސްބުކްގައި މެސެޖްތައް ދައުރުވަމުން ދިޔައެވެ. ފޭސްބުކް ޓައިމް ލައިންތައް ސާއިދުއަށް މަރުހަބާ ކިޔާފައިވާ ޕޯސްޓަކުން ފުރިގެން ދިޔަ އެވެ. ރާއްޖޭގެ މަޝްހޫރު ކުޅިވަރު ޝަހުސިއްޔަތުތައް ސާއިދަށް މަރުހަބާ ކިޔަމުން ދިޔައެވެ. ގައުމުގެ ކަމުވޮށިގެންވާ ބޭފުޅުން ވެސް މެއެވެ. އެތައް ބައެއްގެ ޕްރޮފައިލް ޕިކްޗާތައް ސާއިދުގެ ފޮޓޯތަކަށް ބަދަލު ކުރަން ފެށި އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސަގެ 100 މީޓަރު ދުވުމުގެ އިވެންޓުން އެއްވަނަ ހޯދައި އައިއޯއަިޖީގެ ހަޔަތުގައި ރާއްޖެއަށް ރަން މެޑަލް ހޯދައި ދިނުމަށްފަހު ސައިދު ރަން މެޑަލް ކަރުގައި އަޅައިގެން --- ފޮޓޯ/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ސާއިދަށް މަރުހަބާކީ މަޝްހޫރު ފަރާތްތަކުގެ ތެރޭގައި ފުޓްބޯޅައިގައި ރާއްޖެއަށް ފުރަތަމަ ފަހަރަށް ރަން މެޑަލްއެއް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކުރި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން ޢަލީ އަޝްފާޤް (ދަގަނޑޭ) އާއި ގޯލްކީޕަރު ޢިމްރާން މުހައްމަދު ހިމެނެއެވެ.

ދަގަޑޭގެ ފޭސްބްކް ޕޯސްޓް

ރާއްޖޭގެ ކެޕްޓަން ޢަލީ އަޝްފާގް ކުރި ޕޯސްޓް ---

ޢިމްރާންގެ ފޭސްބްކް ޕޯސްޓް

ގައުމީ ތީމް ގޯލް ކީޕަރު ޢިމްރަން މުހައްމަދު ސާއިދަށް މަރުހޞަ ކިޔައި ފޭސްބުކްގައި އާންމުކުރި ޕޯސްޓް ---

އަދި އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ މަންބަރު އަދި ކުރީގެ އެއް ވަަނަ ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ ޢުމަރުވެސް ވަނީ ސާއިދުއަށް މަރުހަބާ ކިޔާފައެވެ.

މިހާ ހިސާބުން ނިމުނީކީ ނޫނެވެ. ރާއްޖޭގެ އެންމެ އިސްފަޑީގައި ތިއްބެވި ބޭފުޅުންވެސް ވަނީ ސައިދަށް މަރުހަބާ ކިޔާފައެވެ. ނައިބުރައީސް އަހްމަދު އަދީބާއި ކުރީގެ ރައީސްލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން ޢަބްދުލް ގައްޔޫމެވެ.

އެގޮތުން ނައިބު ރައީސް އަދިބު ވިދާޅުވެފައިވަނީ ސާއިދުއަކީ ގައުމީ ބަތަލެއް އަދި ބަތަލެއް އަދި ގައުމީ ފަހްރެއްކަމަށެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސަގެ 100 މީޓަރު ދުވުމުގެ އިވެންޓުސާއިދު (މ) އާއި ވަދަކުރި މޮރިޝަންގެ ދެ އެތުލީޓުންނާއެކު --- ފޮޓޯ/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

"ރައީސް ޔާމީން ޒުވާނުންނަށް ހާއްސަ އިސްކަމެއް ދީގެން ދެ އަހަރު މަސައްކަތް ކުރެއްވި އިރު މިހާރު މިއޮތީ ރާއްޖެއަށް ރަންމެޑަލެއް ލިބިފައި. ސާއިދު ތިއީ ގައުމީ ބަތަލެއް އަދި ފަހުރެއް!" ނައިބް ރައީސް އަދީބު ވިދާޅުވިއެވެ.

ސާއިދުއަށް މަރުހަބާ ކިޔުމުގެ ގޮތުން ރައީސް މައުމޫން ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ މިއި ރާއްޖެއަށް ފަހްރުވެރި ކާމިޔަބެއް ކަމަށެވެ.

ސާއިދުގެ ތާރީހީ ކަމިޔާބުގެ ތާރީޚީ މުނާސަބަތު ގުޅެނީ ރާއްޖޭގެ މިނިވަންކަމަށް ރަން ޔޫބީލް ފުރޭ ސައްތާގައެވެ. މިދިޔަ ހަފުތާގައި ރީޔޫނިއަންއަށް ފުރުމުގެ ކުރިން ދިވެހި ކޮންޓިންޖޭންޓަ ބައްދަލު ކުރައްވައި ރައީސް ޔާމިން ވިދާޅުވީ މިނިވަން ފަންސާސް އަހަރުތަކުގައި އެކިއެކި ބޭފުޅުންގެ ނަންތައް ތާރީޚްގައި ލިޔެވިގެން ދިޔަ ފަދައިން އައިއޯއައިޖީގައި ރަން މެޑަލް ހޯދާ އެތުލީޓުންގެ ނަން ދިވެހި ތާރީޚްގައި ލިޔެވިގެންދާނެ ކަަމަށެވެ.

އައިއޯއަޖީ އޯޕަނިން ސެރުމަނީގައި ދިވެހި ދިދަ އުފުލުމަށް ސާއިދުއާ ރައީސް ޔާމީން ދިދަ ހަވާލުކޮށްދެއްވަނީ --- ފައިލް ފޮޓޯ/ ރައީސް އޮފީސް

ރައީސް ޔާމީން ވިދާލުވިފަދައިން މިނިވަން މިނިވަން ފަންސާސް އަހަރުތަކުގައި ތާރީޚްގައި ރަން އަކުރުން ލިޔެވިގެން ދިޔަ ބޭފުޅުންގެ ނަންފުޅުތައް ފަދައިން ސާއިދުގެ ނަންވެސް ދިވެހި ތާރީޚްގައި 'ގައުމީ ބަތަލް' ގެ ޝަރަފާއެކު ތާރީޚްގައި ލިޔެވި ފެވިގެން ދިޔައިއެވެ.

އިއްޔަގެ އިވެންޓް ކާމިޔަބުކޮށް ސާއިދު ރަންމެޑަލް ހޯދުމުން އުފާވެރިކަމުގެ އިހްސާސް ކުރެއްވި ދެ ވަނަ ބޭފުޅަކަށް ވަނީ އޮލިމިޕިކް ކޮމިތީގެ ޖެނަރަލް ސެކެތްރީ އަހްމަދު މަރުޒޫޤް (މަރޭ) އެވެ. މުބާރާތް ކަވަރު ކުރުމަށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދިޔަ ދިވެހި މީޑިއާ ޓީމުން ބުނެފައިވަނީ ސާއިދު ރަން މެޑަލް ހޯދުމުން މަރުޒުޤަށް އުފަލުންގޮސް ރޮވުނުކަމަށެވެ.

އެހެން ވާހަކައެކެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ފުރުމުގެ ކުރިން ޓްރޭނިން ޕްރޮގްރާމަށް މެލޭޝިއާއަށް އަށް ފުރުމުގެ ކުރިސްން ސާއިދާއި ގައުމީ ޓިމުގެ ކެޕްޓަން ދަގަނޑޭ އާއި ކީޕަރު އިމްރާންއާއެކު ނަގާފައިވާ ފޮޓޯއެއް ފޭސްބުކްގައި ޗެއާ ކުރުމަށްފަހު ސާއިދުއަށް އިންޓަނޭޝަނަލް އޮލިމިޕިކް ސްކޯލަޝިޕެއް ހަމަޖައްސަވައި ދެއްވި އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ އަހްމަދު މަރުޒޫޤް (މަރޭ) ވިދާޅުވެފައި ވަނީ ދަގަނޑޭއާއި ޢިމްރަންއާއި ސާއިދުއަކީ ގައުމު ހިނިތުކޮށްލަނެ ތިން މީހުން ކަމަށެވެ.

އަހްމަދު މަރުޒޫގް ކޮށްފައިވާ ފޭސްބްކް ޕޯސްޓޭއް ---

މަރުޒޫޤް އެ ދުވަހު ކުރެއްވި ޕޯސްޓް ވިދަޅުވެފައިވާ ފަދައިން ސާއިދު މިވަނީ މުޅި ގައުމު ހިނިތުން ކުރުވާފައެވެ. ސިޔަސީ ބަހުސްތައް އެފަރާކޮށް ވަކިވަކިވެފައިވާ ހިއްތައް ގައުމީ ރޫހުން ފަރި ކުރުވާފައެވެ.

ދިވެހިންނަކީ ތަފާތު ހިޔާލުގައި ތިބި ބައެއް ކަމުގައި ވީނަމަވެސް ގައުމީ ކަންކަމުގައި ގައުމަށް ނަޞްރަ ކާމިޔާބު ލިބޭ ވަގުތުގައި އުފާ ހިއްސާ ކުރާ ރައްޔިތެއްކަން ސާއިދުގެ ކާމިޔާބުން މިވަނީ ސާބަިތުވެފަ އެވެ. ދިވެހިންނަށް ޝުކުރިއްޔާ އެވެ. ސާއިދަށް މަރުހަބާ އެވެ.

comment ކޮމެންޓް