ދުއްވުން މަނާ ވަގުތު 6:00 އިން 8:30 އަށް ބަދަލުކޮށްފި

ހިނގާފައި އުޅުމުގެ ވަގުތު ހާއްސަ ކުރުމުން އިއްޔާ މާލޭގެ މަގެއް މަތީގައި މީހުން ޖަމާވެފައި: ސަން ފައިލް ފޮޓޯ

މިނިވަން50 އާއި ގުޅިގެން މިއަދު ދުއްވުން މަނާގަޑިތަކުގެ ގޮތުގައި ކުރިން ކަނޑައަޅަފައިވާ ގަޑިއަށް ބަދަލު ގެނެސްފި އެވެ.

ޓްރާންސްޕޯޓް އޮތީރިޓީގެ ޗެއާމަން އަބްދުއް ރަޝީދު ނާފިޒް މިއަދު ސަން އަށް ވިދާޅުވީ އަލަށް ގެނައި ބަދަލާ އެކު މިހާރު ހަމަޖައްސާފައިވާ ގޮތުން ހިނގާފައި އުޅެންޖެހޭ ވަގުތަކީ 6:00 އިން 8:30 ކަމަށެވެ.

ކުރިން ހަމަޖައްސާފައި ވަނީ މިއަދު ވެސް ހަވީރު 6:00 އިން ރޭގަނޑު 10:00 އަށް ހިނގާފައި އުޅޭ ވަގުތެއްގެ ގޮތުގަ އެވެ.

ނާފިޒު ވިދާޅުވީ ބަދަލު ގެނައީ ޖެހިޖެހިގެން ދެ ދުވަހަށް ހިނގާފައި އުޅޭ ގޮތަށް ނިންމުމުން ބައެއް ފަރާތްތަކަށް ދަތިތައް ދިމާވެފައިވާތީ ކަމަށެވެ.

އިއްޔެ ވެސް ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް ވަނީ އުޅަނދު ދުއްވުން އޮތީ މަނާކޮށްފަ އެވެ.

comment ކޮމެންޓް