ނައިފަރު ޖުވެނައިލް ވޮލީ މުބާރާތް މިއަހަރު މުޅި އަތޮޅަށް ހުޅުވާލައިފި

ޖުވެލްކަޕް މިއަހަރު މުލި ޅ. އަތޮޅަށް ހުޅުވާލައިގެން ބާއްވާނީ --- ފޮޓޯ/ ނައިފަރު ޖުވެނައިލް

ނައިފަރު ޖުވެނައިލް އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ވޮލީބޯޅަ މުބާރަތް މިއަހަރު މިނިވަން 50 އާ ދިމާކޮށް މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވަން ނިންމައިފިއެވެ.

ނައިފަރު ޖުވެނައިލްގެ ޗެއާމަން ޢަބްދުއްރަހީމް ނާޝިދު ސަން އަށް ވިދާޅުވީ މިއަހަރުގެ މުބާރާތް ނައިފަރުގައި ބޭއްވި ނަމަވެސް މުބާރާތުގައި ބައިވެރިވުމަށް ޅ. އަތަޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތް ކުރާ ރަށްރަށާއި ސަރުކާރުގެ އޮފިސްތަކަށާއި މުއައްސަސާތަކަށްވެސް ހުޅުވާލާފައިވާ ކަލަމަށެވެ.

މުބާރަތުގައި ބައިވެރިވުމުގެ އެންމެ ފަހު މުއްދަތަކީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުުފަހު 2:00 ގެ ކުރިންނެވެ.

ޖުވެނައިލް އިން ބުނީ މުބާރާތުގައި ބައިރިވާ ފޯމައި، މުބާރާތުގެ ގަވާއިދު ނައިފަރުގެ ޖުވެނައިލްގެ އިދާރީ ބައި ނައިފަރު ރިސޯސް ސެންޓަރުންނާއި ޖުވެނައިލްގެ ވެބްސައިޓުން ވެސް ލިބެން ހުންނާނެކަމަށެވެ.

ޢަބްދުއްރަހީމް ވިދަޅުވީ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ހަނދުމަހުގެ 'ހަ ރޯދަ' ނިމުން ކަމަށެވެ.

ޖުވެލް ކަޕް މުބާރާތަކީ މާލެއިން ބެރުގައި ބާއްވާ އެންމެ ބޮޑު ވޮލީ މުބާރާތް ކަމަށާއި މުބާރާތުގައި އަވަށްޓެރި ގައުމުތަކުގެ ގައުމީ ޓީމްތަކުގެ ކުޅުންތެރިން ކުޅޭނެ ކަމަށް ޢަބްދު ރަހީމް ވިދާޅުވިއެވެ.

އެގޮތުން ނައިފަރު ޓީމާއެކު ލަންކާގެ ގައުމީ ޓީމްގެ ދެ ކުޅުންތެރިޔަކު ފަރިތަކުރަމުން އަންނަކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.

ޢަބްދުއްރަހީމް ވިދާޅުވީ މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާ ހުށަހެޅި ނަމަވެސް މުބަރާތުގެ ވަނަ ވަނައަށްދާ ޓީމްތަކަށް އިތުރު އިނާމާއި ފައިސާގެ ހުށަހެޅުންވެސް ހުށަހެޅިފައިވާ ކަމަށެވެ.

ކުރިން މިމުބާރާތް ބާއްވަމުން އައީ ޕާކް ވޭ އުސޫލުން ކަމަށާއި އެއީ ހަތަރު ކުޅުންތެރިންނަށް ކޮންމެ ޓީމެއްގެ ވެސް ކޯޓުތެރޭގައި ކުޅޭއިރު އެއް އަންހެން ކުޅުންތެރިޔަކު ތިބޭ ގޮތަށެވެ.

މެދެ ކެނޑުމަކަށްފަހު މިއީ ޖުވެލްކަޕް ބާއްވަމުން އަންނަތާ ފަސް ވަނަ އަހަރެވެ.

comment ކޮމެންޓް