ލަންކާގެ ލަގްޒަރީ އެޕާޓްމަންޓްތަކެއް ރާއްޖޭގައި ވިއްކަން ފަށައިފި

ލަންކާގެ ކޮލަމްބޯގައި އިމާރާތްކުރާ އަލްޓްއެއާ

ލަންކާގައި ހުންނަ "އަލްޓްއެއާ" ލަގްޒަރީ އެޕާޓްމަންޓްތައް، ދަމާސް ރެއަލްއެސްޓޭޓްއާ ގުޅިގެން ރާއްޖޭގައި މިއަދު ވިއްކަން ފަށައިފި އެވެ.

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ހިތްގައިމު ސަރަހައްދެއް ކަމަށްވާ "ކޮލަމްބޯ ދޭއް ޕީރިސް މަވަތާ"ގައި ހަދާ ލަގްޒަރީ އެޕާޓްމަންޓު ހަދަނީ ދެ ޓަވަރެއް ގުޅިގެންދާ ގޮތަށެވެ. އެގޮތުން އެތަނުގެ މައި ޓަވަރުގައި 68 ބުރި ހުންނައިރު ޖެހިގެން ހުންނަ ޓަވަރުގައި 63 ބުރި ހުރެ އެވެ. އެތަނުގައި ޖުމްލަ 400 އެޕާޓްމަންޓް ހުރެ އެވެ.

ލަންކާގެ ކޮލަމްބޯގައި އިމާރާތްކުރާ އަލްޓްއެއާ

އެ އިމާރާތުގައި އެކިއެކި ސައިޒް އަދި ޑިޒައިންގެ 400 އެޕާޓްމަންޓް ހުރެ އެވެ. މީގެ ތެރޭގައި 1468 އަކަ ފޫޓުގް ފަސް ކޮޓަރީގެ އެޕާޓްމަންޓާއި 5273 އަކަފޫޓުގެ ޕްރެޒިޑެންޝަލް ސުއިޓް އަދި ސްކައި ވިލާ ހުރެ އެވެ .އެ އެޕާޓްމަންޓްގެ އަގުތައް އުޅެނީ 400،764 ޑޮލަރާއި ދެ މިލިއަން ޑޮލަރާއި ދެމެދު އެވެ. އެއީ ތިނެއް، ހަތަރެއް އަދި ފަސް ބެޑްރޫމުގެ އެޕާޓްމަންޓްތަކެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ----- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އަންނަ އަހަރުގެ ޑިސެމްބަރުގައި މުޅިން ނިމި އަލަށް ހުޅުވާ މެރީ އަލްޓެއާ ޕްރޮޖެކްޓަކީ ސިންގަޕޫރުގެ ނާ ބޭ ސޭންޑްސް ފަދަ އެކިއެކި އިމާރާތްތައް އާކިޓެކްޓް ކޮށްފައިވާ މަޝްހޫރު އާކިޓެކްޓް، މރ.މޯޝެ ސަފްދީ ގެ އެޕާޓްމަންޓް ކޮމްޕްލެކްސްއެކެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދަމާސް ޑިރެކްޓަރު ޒިޔާން ސޯލިހު ވިދާޅުވީ، ލަންކާއަކީ ގިނަ ދިވެހިންތަކެއް ކިޔެވުމަށާއި އެކިއެކި ކަންކަމަށް ގޮސްއުޅޭ ތަނަކަށްވާ އިރު، ފެންވަރު ރަނގަޅު އެޕާޓްމަންޓްތަކެއްގައި ދިރިއުޅުމަށް މިއީ ދިވެހިންނަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެ އެޕާޓްމަންޓްތައް އިމާރާތްކުރާ އިންޑް އޯޝެން ޑިވެލޮޕާސްގެ ޑިރެކްޓަރު، ޕްރަޑީޕް މޮރޭސް ވިދާޅުވީ، "މިއަދު އެޕާޓްމަންޓެއް ގަނެފައި ލައިކް ނުވަންޏާ މާދަމާ ވެސް އެތަން ދޫކޮށްދެވިދާނެ" ކަމަށެވެ. އަދި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ލާރި އަނބުރާ ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް