70 ޕަސެންޓާ ހަމައަށް ޑިސްކައުންޓްލިބޭ ރޯދަ ޕްރޮމޯޝަނެއް އީވޯ އިން ފަށައިފި

މަޖީދަގުގައި ހުންނަ އީވޯ ހޯމް ފިހާރަ -- ފޮޓޯ: އީވޯ

އީވޯ ހޯމް އިން ރޯދަމަހަށް ޚާއްސަކޮށްގެން 70 ޕަސެންޓް ހަމައަށް ޑިސްކައުންޓްލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގައި ތެލި ތަށި ފަދަ ބަދިގޭގައި ބޭނުންކުރާ ހުރިހާ ސާމާނަކާއި ބެޑްރޫމް ސެޓާއި ފަރުނީޗަރުން ވެސް ޑިސްކައުންޓްލިބޭނެ ކަމަށް އީވޯގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު ރިޒްމާ ރަޝީދު ވިދާޅުވި އެވެ. ވަކިން ޚާއްސަކޮށް ފަރުނީޗަރުން ބޮޑު ޑިސްކައުންޓެއް ލިބޭނެ ކަމަށް ރިޒޫ ވިދާޅުވި އެވެ.

މި ޕްރޮމޯޝަންގައި ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި ގުރުއަތުން ނެގޭ ފަރާތަކަށް 50,000 ރުފިޔާގެ އަގު ހުރި ބެޑްރޫމް ސެޓެއް ލިބޭނެ ކަަމަށް އީވޯއިން ބުންޏެވެ. މީގެ އިތުރުން 10،000 ރުފިޔާގެ މަތިން ވިޔަފާރިކުރާ ކޮންމެ ފަރާތަކަށް 5000 ރުފިޔާގެ އަގުހުރި މޭޒު މަތި ޒީނަތްތެރިކުރަން ބޭނުންވާ ހުރިހާ ތަށި ހިމެނޭ 36 ތަށީގެ ޑިނާސެޓެއް ލިބޭނެ ކަމަށް އީވޯ އިން ބުންޏެވެ.

އީވޯ ހޯމް ފިހާރަ. ގިނަ ގެއަށް ބޭނުންވާ ހުރިހާ ފަރުނީޗަރެއް ލިބޭ ސަން ފޮޓޯ: ފަޔާޒް މޫސާ

އީވޯ ހޯމްއިން ވިއްކާ ހުރިހާ އެއްޗަކުން މި ޕްރޮމޯޝަންގައި ޑިސްކައުންޓް ލިބޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ 30 ޖޫންގެ ނިޔަލަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް