ދުނިޔޭގެ މަޝްހޫރު ބްރޭންޑް ތަކާއެކު އީވޯ އެފްއެޗްއޭއެމް ފެއާގައި!

ފުޑް އެންޑް ހޮސްޕިޓެލިޓީ އޭޝިއާ މޯލްޑިވްސް 2017 އެކްސްޕޯގައި އީވޯގެ ޕްރޮޑަކްޓްތައް --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

މިދިޔަ އަންގާރަ ދުވަހު ދަރުބާރުގޭގައި ފަށައިގެން ކުރިޔަށްދާ އިންޓަނޭޝަނަލް ފެއާއެއް ކަމަށް ވާ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސްގެ އޮފިޝަލް ކިޗަން ޕްރޮވައިޑާ އަކީ އިވޯއެވެ.

އީވޯއިން ވަނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަށް ކަމަށްވާ އެމްކޭއެން، އޮނެއިޑާ، އޭއެސްއޭ ސެލެކްޝަން ފަދަ މަޝްހޫރު ކިޗަން ޕްރޮޑަކްޓްސް މި ފެއާމެދުވެރިކޮށް ކަސްޓަމަރުންނަށް ދައްކާލައިފައެވެ.

ސަން މީޑިއާއަަށް މައުލޫމާތު ދެއްވަމުން އީވޯގެ އެސިސްޓެންޓް މާކެޓިން މެނޭޖަރު އަހުމަދު ސުޖާއު ވިދާޅުވީ، މި ފެއާގެ ސަބަބުން އީވޯގެ ކްލައިންޓުންނާއި ޓޫރިޒަމް އިންޑަސްޓްރީގައި އުޅުއްވާ ފަރާތްތަކާ ގުޅުން ބަދަހިވެގެން ދިޔަކަމަށެވެ. އަދި އީވޯގެ ޕްރޮޑަކްްޓްސްތަކާ މެދު ކަސްޓަމަރުންގެ ފަރާތުން ލިބުނު ފީޑްބެކާއި މެދު ވަރަށް ހިތްހަމަޖެހޭކަމަށްވެސް ސުޖާއު ވިދާޅުވިއެވެ.

އީވޯގެ ޕްރްޑަކްޓްސްތަށް މިފަދަގޮތަކަށް ކަސްޓަމަރުންނަށް ދައްކާލެވުނީތީ ހިތްހަމަޖެހޭކަމަށާއި މި ފެއާގައި ބައިވެރިވި މަގްސަދު ހާސިލްވެފައި ވާކަމަށްވެސް ސުޖާއު ވިދާޅުވިއެވެ.

comment ކޮމެންޓް