އީވޯ ރޯދަ ޕްރޮމޯޝަންގައި ބައި މިލިއަން ރުފިޔާގެ އިނާމު

އީވޯ ހޯމް ސޮލިއުޝަންގެ ބަދިގެ ސެޓެއް. މި އަހަރުގެ ރޯދަ ޕްރޮމޯޝަނގެ ނަސީބުވެރިޔަކަށް 300،000 ރުފިޔާގެ އަގުހުރި ބަދިގެ ސެޓެއް ލިބިގެންދާނެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އީވޯ މިއަހަރުގެ ރޯދަ ޕްރޮމޯޝަންގައި 500،000 ރުފިޔާގެ އަގު ހުރި އިނާމާއި ބޮޑެތި ޑިސްކައުންޓްތަކާއެކު ކުރިއަށް އެބަދެއެވެ.

މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމަކަށް ކަނޑައަޅާފައިވަނީ، 300،000 ރުފިޔާގެ އަގުހުރި ބަދިގެ ސެޓެކެވެ.

އީވޯއިން ބުނީ، ރޯދަމަހާއި ދިމާކޮށް އީވޯއިން ކުރިއަށްގެންދާ އެ ޕްރޮމޯޝަން އީވޯ ހޯމްއާއި އީވޯ ފްލޯރިން އަދި އީވޯ ސޮލިއުޝަންސްގައި ކުރިއަށް ދާނެ ކަމަށެވެ.

ޕްރޮމޯޝަންގައި އީވޯގެ އެކި ފިހާރަތަކުން ޑިސްކައުންޓް ދޭން ހަމަޖެހިފައިވާ ގޮތް:

އީވޯ ހޯމް:

އީވޯ ހޯމްއިން ކުރާ ވިޔާފަރިތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އަދި 1،000 ރުފިޔާއަށްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އޭގެ އިތުރުން 5،000 ރުފިޔާއިން މަތިންކުރާ ކޮންމެ ވިޔަފާރިއަކަށް ވަގުތުން ދޭ އިނާމެއް ލިބޭނެއެވެ.

އީވޯ ފްލޯރިންގް:

އީވޯ ފްލޯރިންގްއިން ކުރާ ވިޔަފާރިތަކުން ވެސް 50 ޕަސެންޓާ އާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އަދި އަންޑަ ލޭ އަދި އިންސްޓަލޭޝަން ހިދުމަތްވެސް ހިލޭ ފޯރުކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ކުރާ ކޮންމެ 1،000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި 5،000 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ވަގުތުން ދޭ އިނާމެއްވެސް ލިބޭނެއެވެ.

އީވޯ ސޮލިއުޝަންސް:

އީވޯ ސޮލިއުޝަންސްއިން 70 ޕަސެންޓް އާ ހަމައަށް ޑިސްކައުންޓް ލިބޭއިރު، ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. އޭގެ އިތުރުން 1،000 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ވަގުތުން ދޭ އިނާމެއްވެސް ލިބޭނެއެވެ.

އީވޯ އިންބުނީ ކޮންމެ ހަފްތާއަކު އިވޯގެ ހުރިހާ ފިހާރަ އަކުން ހޮވާ ނަސީބުވެރި އެކަކަށް 10،000 ރުފިޔާގެ ވައުޗަރެއް ލިބޭނެކަމަށެވެ.

comment ކޮމެންޓް