ތަޅުމަށް ބޭނުންވާ ގިނަ ސާމާނާއެކު އީވޯއިން އާ ޝޯރޫމެއް ހުޅުވައިފި

ފްލޯރިން އަށް ހާއްސަ ސާމާނުތަކާ އެކު އީވޯ އިން އަލަށް ހުޅުވި ޝޯރޫމް -- ސަން ފޮޓޯ: އަހުމަދު ޝަރުވާން

ގެދޮރާއި ފިހާރަ ފަދަ ތަންތަނުގެ ފްލޯރިންގެ މަސައްކަތަށް ހާއްސަ ގިނަ ސާމާނުތަކެއް އެއްތަނަކުން ލިއްބައިދިނުމަށް އީވޯ އިން "އީވޯ ފްލޯރިން" ގެ ނަމުގައި އާ ޝޯރޫމެއް ހުޅުވައިފި އެވެ.

އީވޯއިން މިމަހު 28 ވަނަ ދުވަހު އަލަށް ހުޅުވި ޝޯރޫމް ހުންނަނީ ކާނިވާ ސަރަހައްދު ޕެޓްރޯލް ޝެޑް ފުރަގަހަށް ވާގޮތަށް އޮންނަ މަގުގައެވެ.

އީވޯ ހޯމްގައި މަސައްކަތް ކުރާ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، އެ ފިހާރައިން ފްލޯރިން އަށް ހާއްސަ ގިނަ ސާމާނުތަކެއް ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން ފްލޯރިން އަށް ހާއްސަ "ލެމިނޭޓް ފްލޮރިން" އާއި " އައުޓްޑޯ ޑެކިން" ގެ އިތުރުން އެކި ސައިޒުތަކުގެ ތަށިމުށި އަދި ކާޕެޓު ލިބެން ހުރެއެވެ.

އޭގެ އިތުރުން ފާރުތަކުގެ ދާރަތަކުގައި ހަރުކުރަން ބޭނުންކުރާ ލަކުޑި ފަތި އެކި ޑިޒައިންތަކުން ލިބެން ހުރި އިރު ލަކުޑި ސާފުކުރަން ބޭނުންކުރާ ތަފާތުވައްތަރުގެ ކެމިކަލްތައް ވެސް ލިބެން ހުރެއެވެ. އަދި ދޮރުގައި ހަރުކުރާ ތަޅާއި އަތްގަނޑުފަދަ ތަކެތި އެކި ޑިޒައިންތަކުން ލިބެންހުރެއެވެ.

އީވޯގެ އާ ޝޯރޫމް ހުޅުވިފައި ހުންނަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:30 އަށެވެ. އަދި މެންދުރުފަހު 2:00 އިން ހަވީރު 5:30 އަށް ހުޅުވާފައި ހުންނަ އިރު ރޭގަނޑު 8:00 އިން 10:00 އަށް ހުޅުވާފައި ހުންނާނެއެވެ.

އީވޯއިން ވިއްކަމުން އަންނަ އެ އުފެއްދުންތަކަކީ ޖަރުމަނުން ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނަ އުފެއްދުންތަކެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް