މަގޭ ޚިޔާލާއި މަގޭ ވިސްނުން

ބިދޭސީ ކޮންމެ މީހަކީ ރާއްޖެއަށް ކަންތައްތަކެއް ކޮށްދޭ މީހެކެވެ. މިއަދު އަހަރެމެން މިތިބީ އެމީހުންނާނުލައި ނޫޅެވޭހިސާބަށް އައުދެވިފައޭ ބުނުމަކީވެސް ދޮގެއްނޫނެވެ. އެމީހުންގެ ފަރާތުން ފައިދާތަކެއްވާކަމުގައި އެއްބަސް ވުމަކީ ވެސް މިއަދު އަހަރެމެންނަށް މަޖުބޫރު ކަމެކެވެ. ވަކިންޚާއްޞަކޮށް ބޮޑެތި މަސައްކަތްތައް ކުރުވާ މީހުންނާއި ބިޔަ ވިޔަފާރިތަކުގައި އެމީހުންގެންގުޅޭ ގެންގުޅުމަކީ މަޖުބޫރު ކަމެކޭ ވެސް ބުނެވިދާނެ އެވެ.

އެކަމަކު އެއީ ދާދިމިދާދުވަހު ކިޔާލެވުނު ދެލިއުމެއްގައި ގަބޫލުކޮށްދޭން އެއުޅެފައިވާ ވަރަކަށް ނޫނެވެ. ކޮންމެވެސް ވަރަކަށެވެ. އެމީހުންނާއިނުލައި ނޭވާވެސްނުލެވޭ ވަރަކަށް ނޫނެވެ. ބަޔަކު ނުވަތަ ބައެއްމީހުން ގަބޫލުކުރާ ގޮތުގައި ހޮޓާތަކާއި ފިހާރަތަކުގެ ކޮށިގަނޑުގައި އެމީހުންނަށް ފުރުސަތު ނެތުމަކީ އެފަދަ ވިޔަފާރިތައް ބަންދުވެ ނެތި ގޮސް ރާއްޖޭގެ އިގުތިސާދަށް އޭގެ ނުރަނގަޅު އަސަރު ހަމަ ވަގުތުން ފޯރާނެ ނުރައްކާ ތާކުންތާކު ނުޖެހޭ ކަމެކެވެ. ފުނަށް ތަންކޮޅެއް އަޑިއަށް ޖެހިލައި ކަމުގެ ހަގީގަތް އޮތީ ކިހިނެއްތޯ ބަލައިލާ އިރު ފެންނަން މިއޮންނަނީ ނުވަތަ މިނަޒަރުން ބަލައިލީމާ ފެންނަނީ ވަރަށް ތަފާތު މުޅިން އެހެން ކުލަ ތަކެކެވެ. ބޭރު ބިދޭސީންގެ ސަބަބުން ލިބޭފައިދާއެކޭ އެއްވަރަށް ގެއްލުންތައް ވެސް ލިބެމުންދާ ތަނެވެ. މިހިސާބުން ހޯހޯ ގޮވާ ތިޔައީ ރޯބުހުތާން ދޮގޭ ނުބުނެ މި ޖުމްލަތައް ވެސް ކިޔާލާނެ ކަމަށް އުންމީދު ކުރަމުން ފެންނަންހުރި އަދި ފެންނަމުންދާ މަންޒަރުތަކާއި ކުލަތަކުގެ ކޮންމެވެސް ވަރެއްގެ ކުރު ތަފުސީލެއް ލިއެވޭތޯ ބަލާނަމެވެ. ވިޔަފާރީގައި އުޅޭ ރައްޓެއްސަކަށް ފެނުނު ހުވަފެނެކޭ ބުނެ ކިޔާދިނެވެ.

ބޭބެއަކީ ވިޔަފާރި ވެރިއެކެވެ. އެފިހާރަ ކުރިއަރަމުން ގޮސް ފަހުންދޭގޮތަށް ވެސް މުދާ ދޫކުރެވޭ ގޮތަށް ވެފައިވާއިރު އެފިހާރައިގެ ސޭޓު އިސްލާމް އަބުދުގެ އަތްމަތި ހުންނަނީ އަބަދުވެސް އަނބުރާލާފަ އެވެ. ހުރިހާ ކަމެއް ކުރަނީ ސޭޓެވެ. ހިސާބުނިންމާފައި ގެންދާ ފައިސާ ތިޖޫރީއަށްލުން ފިއަވައި ހުރިހާކަމެކެވެ. ފިހާރައިގެ ކަންކަން ކުރަމުން އަދި ސޭޓުމެންގެ ދެމަފިރިން ނިދާ ކޮޓަރީގެ ފާޚާނާއާ ބެހޭ ކުދިކުދި ކަންކަމާއި އެއްމެބޮޑެތި ކަންކަން ރަނގަޅުކޮށްލަން ވެސް ކަމުދަނީ (ސޭޓުގެ އަންހެނުން ހިތްހަމަޖެހެނީ) ހަމަ އިސްލާމުގެ އަތުން ކުރީމަ އެވެ. މިހެންއުޅެފައި އިސްލާމް ރަށަށްދާންޖެހުނެވެ. ކުއްލިކަމެއް ދިމާވެގެންނޯލަ އެވެ. އެކަމަކު އެއީ އޭގެ ދެދުވަހެއް ކުރިން ސޭޓު ފިހާރައިގެ ހިސާބުތައް ކުޑައިކޮށް ބަލައިލި އިރު މިލިއަނަކަށް ވުރެ ގިނައިން ދަރަންޏަށް ދޫކޮށްފައި އެފައިސާ ނުލިބިހުރީތީ އެވާހަކަ ދައްކައި އެފަރާތްތަކާ ގުޅައިގެން އެފައިސާ ހޯދާށޭ ބުނިފަހުންނެވެ. ކޮންމެއަކަސް ބޭބެ ބުނިކަމުގައި ވަނީ އެމީހާ އިސްލާމް އަބުދު ރަށަށްފޮނުވީ ވީއެއްމެ އަވަހަކަށް އަންނަން ކަމުގަ އެވެ. އެކަމަކު މަސްފުރި ދެމަސްވާން ދިޔަ އިރުވެސް އޭނައެއްނަ އެވެ. އެންމެފަހުން އަންހެނުންގެ ވެސް މެދުނުކެނޑި އެދުމާއިއެކު ފޯނުން ގުޅީއެވެ. އޭނަ ފޯނު ނެގި އެވެ. ޖަވާބުދިނެވެ. "އަހަރުން މިހާރު މިތާ ފިހާރަހުރީ. ދެން ވީމާ ތިކޮޅު ނުދަނީ. އަދި ބުނަން ބޭބޭ މަގޭ ކުޑަ ނަސޭހަތު ހުންނަނީ. އެއީ ވަތްގަނޑުގައި ބޭބެ ބޭރުމީހުން ނުލަނީ. ދެން ސަލާމް." އޭގެ އަނެއްދުވަހު ފިހާރައިގެ ހިސާބުތައް ނުނިންމާ ތިބި މީހުން ނަށް ގުޅައިގެން ބެލި އިރު އެމީހުންކުރެ ހައެއްކަމީހުން ފިއަވައި އެއްމެންގެ އަތުގައި ވެސް ފައިސާ ދެއްކި ކަމުގެ ސޮއިއޮތް ރަސީދުކޮޅު އޮތްކަމަށްވެ އެވެ. ފައިސާ ނުދައްކާ ކަމަށް ފެންނަން ހުރީ ފިހާރައިގައި ހުރި ބިލުފޮތް ތަކުގަ އެވެ.

ސަތާރަހާސް ހަތަރުސަތޭކަ ވަރަކަށް މީހުންގެ ތެރޭގައި ތަފާތު އެކިކަހަލަ މީހުން ވެސް ތިބޭނެ ކަން ކަށަވަރެވެ. އެކަމަކު މިއީ ހަގީގަތްކަމުގައިވާ ނަމަ އެކަން އެހެންނުވާނެ ގޮތެއް ހަމަ މިހާރު ވެސް ހެދޭތޯ މަސައްކަތް ކުރުމަކީ ގައުމީ އަދި ފަރުދީ ވާޖިބެކޭ ބުނަންޖެހެއެވެ.

ކުޑަކުޑަ އެހެން ވާހަކައެކެވެ. 14700 ގުނަ 200 ކަމުގައިބަލައިލިއަސް އެއީ 2940000 ޑޮލަރެވެ. މަހަކު ރަސްމީގޮތުން ބޭރުވެގެންދާންވީ ވަރެވެ. އެކަމަކު އެމީހުންގެ ކެރުމާ ކުރުމާ މުރާލިކަމާ އަތްމަތި އަނބުރާލުމާ އޮޅުވާލުމާ ހުޝިޔާރުކަމާ މޮޅުކަމުގެ އެހީގައި އެއަދަދު ( 200 ) 500 އާއި ހަމަޔަށް އިތުރު ކޮށްނުލާ ހަމަ އެކަކު ވެސް ގާތްގަނޑަކަށް ނުހުރެއެވެ. ވީމާ 14700 ގުނަ 200 ޖެހެނީ 1470 ގުނަ 500 އަށް ބަދަލު ކުރާށެވެ. އެއީ 14700ގުނަ 500=7350000 ޑޮލަރެވެ. މިއީ ސާބިތުނުކުރެވޭ ޔަގީނުން މަހަކު ރާއްޖެއިން ބޭރުވާ ބޭރުފައިސާ އެވެ. މުޅިޖުމްލަ އެއްނޫނެވެ. މިއީ ގެންގުޅޭ ބޭރު މީހުންގެ ތެރެއިން ސޭޓުންގެ ގޮތުގައި އުޅޭ މީހުން ގެ އަތްއަތްމަތިން މިބުނާގޮތަށް ދާނެ ވަރެކެވެ.

މިއީ މިކަހަލަ އެއްމެ ދެވާހަކަ އެވެ. މިވަރުން ވެސް މިކަމާ މެދު ގޮތެއް ނިންމަން ޖާގަލިބިގެންދާނެ ކަމުގައި ގަބޫލުކުރަމެވެ. މިއަދުގެ އާއްމު ބުނުމުގައި ބުނެވޭހެން "ޚިޔާލަކީ ތަފާތު އެއްޗެކެވެ." މިއީ މަގޭ ޚިޔާލާއި މަގޭ ވިސްނުމެވެ. ނިމުނީ.
ގުޅޭ ޓެގު
comment ކޮމެންޓް