ރެބެލް 300ސީސީގެ މުޅިން އާ ވައްތަރެއް ޝީޝާއިން ވިއްކަނީ

ޝީޝާ އީޒީ ސާވިސް-- ސަން ފޮޓޯ/ މުޙައްމަދު މާވީ

ރެބެލް 300ސީސީގެ މުޅިން އާ ވައްތަރެއްގެ ސައިކަލެއް ޝީޝާއިން ރާއްޖެ ގެނެސް ވިއްކަން ފަށައިފިއެވެ.

ޝީޝާއިން ވަނީ މި އަހަރު ބައިވަރު އާ މޮޑެލްތަކެއްގެ ސައިކަލްތަކެއް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފައެވެ. އެގޮތުން އެންމެ ފަހުން ލޯންޗްކޮށްފައި ވަނީ ރެބެލް 300 ސީރީސްގެ އެންމެ އާ މޮޑެލްއެވެ.

ހޮންޑާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ ކަމަށްވާ ޝީޝާއިން މައުލޫމާތު ދޭގޮތުގައި، ރިބެލްގެ މި މޮޑެލް އަކީ "ޕްރީމިއަމް" ނުވަތަ އެކްސްކްލޫސިވް ބައިކްސް ގެންގުޅެން ބޭނުންވާ ކަސްޓަމަރުންނަށް ވަރަށް ކަމުދާނެ ސައިކަލެކެވެ.

ސައިކަލަށް އައިސްފައިވާ އަޕްގްރޭޑްތަކުގައި:

  • އާ ސްޓައިލިޝް ޑިޒައިން. ކަޅު އަދި އަޅި ކުލަ ލިބެން އެބަހުރި
  • އަރާމު ލޯ ބިލްޑް ސައިކަލް ބޮޑީ
  • 300ސީސީ އިންޖީންއާއެކު 6 ސްޕީޑް ޓްރާންސްމިޝަން
  • އެންޓި ލޮކް ބްރޭކް ސިސްޓަމްއަކާ އެކު ރައްކާތެރި ރިއާ އަދި ފްރޮންޓް ބްރޭކްސް

ރެބެލް 300ސީސީ ސައިކަލް ވިއްކުމަށް ޝީޝާއިން އިސްތިހާރު ކޮށްފައި--

ޝީޝާއިން ބުނި ގޮތުގައި މިވަގުތު ހިނގަމުންދާ 'މެގަ ޑީލްސް ޕްރޮމޯޝަން'ގެ ދަށުން ރެބެލް 300 ގަންނަ ފަރާތްތަކަށް ހާއްސަ އޮފާތަކެއް ލިބިގެންދާނެއެވެ.

"އެގޮތުން ފުލް ކޭޝް އަށް ނަގާނަމަ ރެބެލް 126،500ރ. އަށް ލިބޭނެ. އަދި އިންސްޓޯލްމަންޓްއަށް ނަގާނަމަ މިނިމަމް ޑައުންޕޭމަންޓް ވަނި 38،400ރ. އަށް ދަށް ކުރެވިފައި،" ޝީޝާއިން ބުންޏެވެ.

ޝީޝާއިން ބުނީ 'އެމްއައިބީ އުޖާލާ ދިރިއުޅުން ސްކީމް'ގެ ދަށުން ވެސް މި ސައިކަލު ގަނެވިދާނެ ކަމަށެވެ.

މިވަގުތު ޝީޝާގެ ހުރިހާ ޝޯރޫމްއަކުން ވެސް ރެބެލް 300 ސައިކަލު ލިބިގެންދާނެއެވެ. އެގޮތުން މާލެ، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ލ. ގަން، ފުވައްމުލައް ސިޓީ އަދި ގއ. ވިލިނގިލިން މިވަގުތު ލިބެން ހުންނާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް