ޝީޝާ ''މެގަ ޑީލް''ގެ ދަށުން ސައިކަލްތަކަށް ބޮޑު ޑިސްކައުންޓެއް

ޝީޝާ އިން ކުރިއަށްގެންދާ "މެގަ ޑީލް"

ޝީޝާ "މެގަ ޑީލް" ޕްރޮމޯޝަނުގެ ދަށުން ހޮންޑާ ސައިކަލްތައް ވަރަށް ހެޔޮ އަގެއްގައި ވިއްކަން ފަށައިފިއެވެ.

މެގަ ޑީލް ޕްރޮމޯޝަނުގެ ދަށުން ޝީޝާއިން ވަނީ ހޮންޑާ ބްރޭންޑްގެ ސައިކަލް ގަތުމަށް ބޭނުންވާ މީހުނަށް ފަސޭހަ އުސޫލްތަކެއް ކަނޑައަޅާފައެވެ. އެގޮތުން ޑައުންޕޭމަންޓުގެ ގޮތުގައި އެއްބައި ދައްކާފައި އެއްވެސް ފައިނޭންސް ޗާޖެއް ނާރާ ގޮތަށް ހަ މަސް ދުވަހުގެ ތެރޭގައި ސައިކަލަށް އެއްކޮށް ފައިސާ ދައްކައި ނިންމާލެވެއެވެ.

މީގެ އިތުރުން, މި ސޭލްގެ ދަށުން ކަސްޓަމަރުންގެ މެދުގައި އެންމެ މަޤްބޫލު ސައިކަލް ގަތުމަށް ބޭނުންވާ މީހުނަށް "ޒީރޯ އިންސްޓޯލްމެންޓް' ޕެކެއް އެކްޓިވޭޓް ކޮށްލެވެއެވެ.

މީގެ ދަށުން ގަންނަ ސައިކަލުގެ އަގުގެ 50 އިންސައްތަ ފައިސާ ދެއްކުމުން ބާކީ ބައި ފައިނޭންސް އެއްވެސް ޗާޖު ކުރުމެއްނެތި ފައިސާ ދައްކާލެވެއެވެ.

ޝީޝާއިން ބުނީ އެއް ފަހަރާ ފައިސާ ދައްކާފައި ސައިކަލް ނަގާ ކަސްޓަމަރުންނަށް ޝީޝާއިން ވަނީ 19،750 ރުފިޔާއާ ހަމަޔަށް ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޝީޝާ އަކީ ރާއްޖޭގެ ހޮންޑާގެ އުފެއްދުންތައް ވިއްކަމުން އަންނަ އޮތޮރައިޒްޑް ޑިސްޓްރިބިޔުޓަރެވެ.

comment ކޮމެންޓް