އަހަރަކު އެއްފަހަރު ފެންނަ ހިތްގައިމު މަންޒަރެއް: މިރޭ ހަނދު ކައުބަތުﷲ ގެފުޅާ ސީދާވަނީ

ކައުބަތުﷲ ގެފުޅު ވަށައިގެން މުސްލިމުން ތަވާފުކުރަނީ -- ފޮޓޯ: ފައިލް

މިރޭގެ ވަގުތެއްގައި ހަނދު ކައުބަތުﷲ ގެފުޅާ ސީދާވާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކައިފިއެވެ.

މިއީ ކޮންމެ އަހަރަކު އެއްފަހަރު ފެންނަ މަންޒަރެކެވެ. މިރޭ ހަނދު ގެފުޅާ ސީދާ ވާނީ ރާއްޖެ ގަޑީން މެންދަމު 12:43 ގައި ކަމަށް ފަލަކީ އިލްމުވެރިން ބުނެއެވެ. ހަނދު ހުންނާނީ ގެފުޅުން ފެށިގެން 405,368 ކިލޯމީޓަރު އުހުގައެވެ.

ސައުދީގެ ފަލަކީ އިމްވެރިންގެ ޖަމްއިއްޔާގެ އިސްވެރިޔާ މާޖިދް އަބު ޒާހިރާ ވިދާޅުވީ ހަނދު ގެފުޅާ ސީދާ ވާ ވަގުތު ދުނިޔޭގެ އެކި ހިސާބުތަކުގެ މުސްލިމުންނަށް ޤިބްލަ ސާފުވެގެން ދާނެ ކަމަށެވެ.

ފަލަކީ އިލްމުވެރިން ބުނާ ގޮތުގައި ގެފުޅު މަތިން އިރު ދަތުރު ކުރަނީ ކޮންމެ އަހަރެއްގެ ދެފަހަރުއެވެ. އާންމުކޮށް އެއީ މޭ މަހާއި ޖޫން މަހުގެ ދުވަހެއްގައެވެ. މިގޮތަށްވާއިރު ގެފުޅުގެ ހިޔަނި ނުހުންނާނެއެވެ.

މިދިޔަ އަހަރު ހަނދު ގެފުޅާއި ސީދާވެފައިވަނީ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. އަދި 2021 ވަނަ އަހަރު މި މަންޒަރު ފެނިގެން ގޮސްފައިވަނީ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

comment ކޮމެންޓް