ބޭރަށް ކިޔަވަން ފޮނުވުާ އެޖެންޓުން މަކަރުން ފައިސާ ނަގާތީ ސަމާލުވާން ގޮވާލައިފި

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އަދި ސްޓޭޓް މިނިސްޓަރު ޚަދީޖާ އާދަމް --- ފޮޓޯ/ މަޖިލިސް

ރާއްޖެއިން ބޭރަށް ކިޔަވަން ފޮނުވައިދޭން އިންތިޒާމްތައް ހަމަޖައްސައިދޭނެ ކަމަށް ބުނެ ބޭރުގެ އެޖެންޓުން ދަރިވަރުންގެ އަތުން ބޮޑެތި އަދަދަކުތަކުން ފައިސާ ނަގާތި ސަމާލުވާން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބޮޑެތި އަދަދަކުން ފައިސާ ނަގަމުންދާއިރު އެފަދަ މައްސަލަތަކުގައި އެޖެނުންޓުން ދަރިވަރުންގެ އަތުން ޔުނިވާސިޓީގެ ކޯސްފީގެ ތެރެއިން އަހަރަކަށް ދައްކަން ޖެހޭވަރަށް ބޮޑު އަދަދެއްގެ ފައިސާ ނަގަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެގޮތުން އެޖެންޓުން ފައިސާ ނަގާއިރު ޔުނިވާސިޓީން ކިޔެވުން ހަމަޖެއްސުމަށާއި ވިސާއާއި އަދި އެއާޕޯޓުން ހޮސްޓަލްއަށް ގެންދިއުމުގައި ބޮޑެތި އަދަދަކުން ފައިސާ ނަގާފައިވާކަމަށް މިިނިސްޓަރު ވިދާޅުވިއެވެ.

ބޭރުގެ ޔުނިވާސިޓީގެ އެޖެންޓުންކަމަށް ބުނެ ރާއްޖޭގެ ހޮޓާތަކުގައި ދެތިން ދުވަހަކު މަޑުކޮށް ދަރިވަރުންގެ އަތުން ފައިސާ ނަގާ މައްސަލަ މީގެ ކުރިންވެސް ފެންމަތިވެފައިވެއެވެ.

ރާއްޖޭގައި ބޭރުގެ ޔުނިވާސިޓީތަކުން އެކްސްޕޯތައް ހިންގާއިރު އެފަދަ އެކްސްޕޯތަކުގައި ބައިވެރިވެފައިވަނީ މިނިސްޓްރީގައި ރަޖިސްޓްރީ ވެގެންތޯ ބެލުމަށްވެސް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ ޔުނިވާސިޓީތަކުގެ އެޖެންޓުން ކޮންމެ އަހަރަކުވެސް ވަރަށް ގިނަ އަދަދަކަށް ދަނީ އެކްސްޕޯތައްވެސް ބާއްވަމުންނެވެ.

comment ކޮމެންޓް