ސައުތު އޭޝިއަން އީ-ސްޕޯޓްސް ޗެމްޕިއަންޝިޕަށް ގައުމީ އީ-ސްޕޯޓްސް ޓީމް ލަންކާއަށް

ލަންކާއަށް ފުރި ގައުމީ އީސްޕޯޓްސް ޓީމު --- ފޮޓޯ: މީސާ

ސައުތު އޭޝިއަން އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2018ގައި ބައިވެރިވުމަށް ގައުމީ އީ-ސްޕޯޓްސް ޓީމު މިއަދު ލަންކާއަށް ފުރައިފިއެވެ.

މި މުބާރާތުގައި އީ-ސްޕޯޓްސް ކުޅިވަރުތަކުގެ ތެރެއިން ރާއްޖެެއިން ބައިވެރިވާ ކެޓަގަރީއަކީ ލީގް އޮފް ލެޖެންޑްސް (ލޮލް) އެވެ.

މޯލްޑިވްސް އީސްޕޯޓްސް އެސޯސިއޭޝަން (މީސާ) އިން މަޢުލޫމާތު ދޭގޮތުގައި މުބާރާތުގެ މެޗްތައް ކުޅޭނީ މިއަދުން ފެށިގެން މި މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށެވެ.

ލަންކާއަށް ފުރި ރާއްޖޭގެ އީސްޕޯޓްސް ޓީމުގައި ހިމެނެނީ، އަޙްޒަމް ޒިޔާދު، ހުސެން ޒިޔާދު އިބްރާހިމް، ނާއިޝް ހަމީދު، އަޙްމަދު އިފްހާމް އަދި އަލީ ޖިދާދު އެވެ.

ދިވެހި އީ-ސްޕޯޓްސް އެތުލީތުން ބައިވެރިވާ ސައުތް އޭޝިއަން އީސްޕޯޓްސް ޗެމްޕިއަންޝިޕް އިންތިޒާމްކުރަނީ ސައުތް އޭޝިއަން އިލެކްޓްރޯނިކް ސްޕޯޓްސް ފެޑެރޭޝަން އަދި އިންގޭމް އެންޓަޓެއިންމެންޓް އާއި ގުޅިގެންނެވެ.

comment ކޮމެންޓް