ރާއްޖޭގެ ފުރަތަމަ ވީއާރު ގޭމިން މުބާރާތް ނިންމާލައިފި

ވީއާރު އަލްޓިމޭޓް ކަޕް 2021ގެ ތެރެއިން-- ފޮޓޯ/އުރީދޫ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ވީއާރު ގޭމިން މުބާރާތް 'ވީއާރު އަލްޓިމޭޓް ކަޕް 2021' ނިންމާލައި، ވަނަތައް އިއުލާންކޮށްފި އެވެ.

ހުރިހާ އުމުރުފުރާއަކަށްވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ މި މުބާރާތުގައި 250 އަށްވުރެ ގިނަ ކުދިން ވަނީ ބައިވެރިވެފަ އެވެ.

އެ މުބާރާތުގެ ގަދަ ތިން ބައިވެރިންނަކީ؛

  • އެއްވަނަ: ރައުފާ
  • ދެވަނަ: މިއުވާން
  • ތިންވަނަ: މޫސާ

އެއްވަނައަށް ދިޔަ ފަރާތަށް އިނާމެއްގެ ގޮތުގައި ދީފައިވަނީ ސޮނީއިން އެންމެ ފަހުން ނެރުނު ޕްލޭސްޓޭޝަން 5ގެ ބްލޫރޭ އެޑިޝަން އެކެވެ.

ދެވަނައަށް ދިޔަ ފަރާތަކަށް ދީފައިވަނީ އޮކިއުލަސް ކުއެސްޓް 2 ވާޗުއަލް ހެޑްސެޓެކެވެ.

ތިންވަނަ ހޯދި ފަރާތަކަށް ދީފައިވަނީ 1000 ރުފިޔާގެ ވައުޗާއެކެވެ.

މޯލްޑިވްސް އީ ސްޕޯޓިން އެސޯސިއޭޝަން، އީޓޫއެސް ގޭމިން، ވީއާރު ކެފޭ އަދި އުރީދޫއާ ގުޅިގެން ބާއްވާ މި މުބާރާތަކީ ރާއްޖޭގެ ފުރަތަމަ ވާޗުއަލް ރިއަލިޓީ މުބާރާތުގެ އިތުރުން 5ޖީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބާއްވާ ފުރަތަމަ މުބާރާތްވެސް މެއެވެ.

comment ކޮމެންޓް