އިތުރު މީހަކާ އިންނައިރު ކޯޓުން މިހާރު ދޮށީ އަނތްބަކަށް ނާންގާ!

ރަށެއްގެ މަގެއް މަތީގައި ބަޔަކު ހިނގާފައި ދަނީ -- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ދެ އަނތްބަށް މީހަކާ އިންނައިރު ދޮށީ އަނތްބަށް އެކަން އަންގައި ކޯޓުން އަމަލު ކުރަމުން އައި އުސޫލު ހުއްޓާލައިފި އެވެ.

ފެމިލީ ކޯޓުގައި ކައިވެންޏާއި ވަރިކުރުމާ ބެހޭ ގަވާއިދުގެ ދަށުން މީގެ ކުރިން ދެ އަނތްބަށް މީހަކާ އިންނަ ނަމަ އެކަން ދޮށީ އަނބިމީހާއަށް އަންގަ އެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ އެ އުސޫލަށް މިހާރު ކޯޓުން އަމަލު ކުރުން ހުއްޓާލިތާ އަހަރެއް ވެއްޖެ ކަމަށެވެ.

ކައިވެންޏާއި ވަރިކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުން ވެސް އެ އުސޫލަށް އަމަލު ކުރުމަކީ ލާޒިމް ކަމެއް ނޫނެވެ.

އެ ގަވާއިދުގެ 32 ވަނަ މާއްދާގެ (ޅ)ގައި ބުނެފައި ވަނީ ފިރިމީހާ ދެ އަނތަބަށް މީހަކާ އިންނައިރު ދޮށީ އަނބިމީހާ ކޯޓަށް ހާޒިރުކޮށް ހަރަދު ދެތޯ ބެލުުގެ އިހުތިޔާރު ކޯޓަށް ލިބިފައިވާ ކަމަށެވެ.

އަނބިމީހާއަށާ ދަރިންނަށް ފިރިމީހާ ހަރަދު ދޭތޯ ބެލުމަށް އަނބިމީހާ ކޯޓަށް ހާޒިރުކޮށް ބަޔާން ނެގުން މިގަވާއިދު މަނައެއް ނުކުރެ އެވެ. - ކައިވެންޔާ ވަރިއާ ބެހޭ ގަވާއިދު

ޑީޖޭއޭއިން ބުނީ އެ އެ މާއްދާއަށް ފެމިލީ ކޯޓުން ކުރިން އަމަލު ކުރި ނަމަވެސް މިހާރު އެމާއްދާއަށް އަމަލު ނުކުރާ ކަމަށެވެ.

ފިރިމީހާ ހަރަދު ނުދޭ ކަމުގެ އެއްވެސް މައްސަލައެއް ދޮށީ އަނބި ކޯޓަށް ހުށަހަޅާފައި ނުވާ ނަމަ އެންގުމަކާ ނުލައި ކައިވެނި ކޮށްދޭނެ ކަމަށް ޑީޖޭއޭ އިން ބުންޏެވެ.

އެކަމުގެ ސަބަބުން އަނބިމީހާއަށް ނާންގާ ދެ އަނތްބަށް މީހުންނާ އިންނަ މީހުން ގިނަވެފައިވާ ކަން 'ސަން' އަށް ވަނީ އެނގިފަ އެވެ. އަދި އެކަމުގެ ސަބަބުން ކޯޓަށް ވަރިވާނެ އެދި ހުށަހަޅާ މީހުން ގިނަކަންވެސް އެގިފައިވެ އެވެ.

comment ކޮމެންޓް