ދެމަފިރިންގެ ގުޅުން ހީނަރުވަނީ ކީއްވެ؟

ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުން ހީނަރުވާން ދިމާވަނީ ކީއްވެ ހެއްޔެވެ؟ އެތައް އަހަރެއް ވަންދެން ރައްޓެހި ވެގެން އުޅުމަށްފަހު ފިސާރި ލޯބިން ކުރާ ކައިވެންޏާ އެކު ދެން ކުއްލިއަކަށް އެ ކަންތައްގަނޑެއްގެ ސަބަބުން ދެމީހުންގެ ގުޅުމުގައި ކުނިޖެހި މައްސަލަތައް ދިމާވާން ފަށައެވެ. ގުޅުން ހީނަރުވާން ފަށައެވެ.

ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތަކުގެ އަސްލު ދެނެގަތުމަށާއި، ވަރި ގިނަވަނީ ކީއްވެގެންތޯ ދެނެގަތުމަށް ސައިކޮލަޖީ ޕްރޮފެސަރެއް ކަމަށްވާ ޖޯން ގޮޓްމޭން ވަނީ ދިރާސާއެއް ކޮށްފައެވެ. އެ ދިރާސާގައި ބުނެފައިވާ ގޮތުގައި ދެމީހެއްގެ ދިރިއުޅުމުގައި މައްސަލަތައް ދިމާވަނީ އާންމުގޮތެއްގައި ހަތަރު ކަމެއްގެ ސަބަބުންނެވެ.

ބައިވެރިޔާ ލަދުގަންނަ ގޮތަށް ޝަކުވާކުރުން:

ޝަކުވާކުރަން ދިމާވާ ކަންތަކުގައި ޝަކުވާވެސް ކުރަންވާނެއެވެ. ނަމަވެސް ބައިވެރިޔާ ލަދުގަންނަ ފަދަ ގޮތަކަށް، އޭނާގެ ކުށް ދައްކައި ކޫސަނި ޝަކުވާކުރާ ނަމަ ބައިވެރިޔާ ފޫހިވެދާނެއެވެ.

އަބަދުވެސް އަމިއްލަ ނަފްސު ދިފާއުކުރުން:

ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމަކުން ރެކިގަނެ ތިމާގެ ކުށެއް ނެތްކަން ދައްކައި، ބައިވެރިޔާ ކުށްވެރިކުރަން އުޅޭނަމަ ދިރިއުޅުމުގައި ހަމަޖެހުމެއް ނުލިބޭނެއެވެ. އަމިއްލަ ނަފްސު ދިފާއުކުރަން ނޫޅެ ދެމީހުން ދޭތެރޭ ޖެހިފައިވާ މައްސަލަ ހައްލުކުރުމަށް ވާހަކަ ދައްކައިގެން މަސައްކަތް ކުރެވޭތޯ ބަލާށެވެ.

ވާހަކަ މެދުކަނޑައިލުން:

ބައިވެރިޔާ ވާހަކަ ދައްކަން ހުއްޓައި އެ ވާހަކަ މެދުކަނޑާލައި އެތަނުން ނިކުމެގެން ދިއުންފަދަ ކަންތައް ކުރާނަމަ ބައިވެރިޔާ ތިމާއަށް ކުރާ ޤަދަރު ކުޑަވެގެންދާނެއެވެ. ދެމީހުންގެ ދެމެދުގައި ޖެހޭ މައްސަލައެއް ހައްލުކުރުމަށް ދެމީހުން އެކުގައި އިށީނދެ ތިބެ ރީތިކޮށް ވާހަކަދައްކާށެވެ.

ބައިވެރިޔާގެ އަގެއް ނެތްކަން ދައްކަން އުޅުން:

ތިމާގެ ބައިވެރިޔާގެ އަގެއް ނެތްކަން ދޭހަވާގޮތަށް ވާހަކަ ދައްކާނަމަ ދެމީހުންގެ ދެމެދުގައި ގުޅުމެއް އޮތުމުގެ ބޭނުމަކީވެސް ކޮބައި ހެއްޔެވެ؟ "ކަމެއް ކުރަން އެނގޭ މީހެއްވެސް ނޫން" ފަދަ އިބާރާތްތަކުން ބައިވެރިޔާގެ އެއްވެސް އަގެއް ނެތްކަން ސާބިތުކުރަން މަސައްކަތް ކުރާނަމަ އޭނާ ތިމާއާ އެކު އުޅުމަށް ބޭނުމެއް ނުވާނެއެވެ.

comment ކޮމެންޓް