މެގަ މޯލްޑިވްސްގެ ދަތުރުތައް އަލުން އަންނަ އޯގަސްޓު މަހު ފަށަނީ

މެގަ މޯލްޑިވްސްގެ ފްލައިޓެއް -- ފޮޓޯ/ މެގަ މޯލްޑިވްސް

ރާއްޖޭގެ ބައިނަލްއަގުވަމީ އެއާލައިން، މެގަ މޯލްޑިވްސްގެ މާލީ ހާލަތު ދަށްވެ ނުހިންގޭ ވަރު ވުމާ އެކު އެ އެއާލައިނުގެ ދަތުރުތައް މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލުމަށްފަހު އަނެއްކާ އަލުން އަންނަ އޮގަސްޓުގައި ދަތުރުތައް ފަށަން އެކުންފުނިން ނިންމައިފިއެވެ.

މެގަ މޯލްޑިވްސްގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އާ ބޯޓުތައް ގެނެސް، އާ ޕައިލެޓުންނާއި ކްރޫއިން ނަގަން ތިން މަސްދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށެވެ. އަދި އޮގަސްޓު މަހު ދަތުރުތައް ފަށާ އިރު ޑިމާންޑު ބޮޑު މަންޒިލްތަކަށް އެ އެއާލައިން މެދުވެރިކޮށް ދަތުރު ކުރެވޭނެކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރިންވެސް ދަތުރު ކުރި މަންޒިލްތަކުގެ ތެރެއިން އިންޑިއާ، ސްރީ ލަންކާ އަދި ޗައިނާގެ މަންޒިލްތަކަށް އެ އެއާލައިނުގެ ފްލައިޓުތައް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މެގަމޯލްޑިވްސްގެ އޮޕަރޭޝަންސްތައް 2010 ވަނަ އަހަރު ފެށި އިރު އެ އެއާލައިނުގެ 50 އަށްވުރެ ގިނަ މަންޒިލްތައް ހުއްޓެވެ. އަދި މިހާތަނަށް އެ އެއާލައިނުން ވަނީ 1.1 މިލިއަން ޕަސިންޖަރުން އުފުލައިފައެވެ.

އެ އެއާލައިނުގެ ދަތުރުތައް މެދުކަނޑާލަން ނިންމީ ކުންފުނީގެ އޮނިގަނޑަށާއި ކެޕިޓަލައިޒޭޝަނަށް ބަދަލުތަކެއް ގެނައުމަށްޓަކައެވެ.

އެ އެއާލައިނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެކުންފުނިން ދަނީ ސަރުކާރާއި ރެގިއުލޭޓަރީ އޮތޯރިޓީތަކުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމާއި އޭވިއޭޝަން ސެކްޓަރުގައި ހިމެނޭ އެކުންފުނީގެ ސްޓޭކްހޯލްޑަރުންނާ އެކުގައި މަސައްކަތް ކުރަމުންނެވެ. އަދި ކުންފުނީގެ އޮޕަރޭޝަންސްތައް އަލުން ފެށުމަށް އެފަރާތްތަކުގެ އެއްބާރުލުން ކުންފުންޏަށް ފުރިހަމައަށް ލިބެމުންދާ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

comment ކޮމެންޓް