އިންޑިޔާއަށް އޭޝިއާގެ 11 ވަނަ، ރާއްޖެއަށް 27 ވަނަ

28 މާޗް 2017: އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖްގައި ރާއްޖެއާއި ފަލަސްތީނު ބައްދަލުކުރި މެޗުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން އިއުލާނުކުރާ ދުނިޔޭގެ ރޭންކިންގައި ރާއްޖެ 11 ދަރަޖަ ފަހަތަށް ޖެހުނު އިރު ވާދަވެރި އިންޑިޔާއަށް 31 ދަރަޖައިގެ ކުރި އެރުމެއް ލިބިއްޖެއެވެ.

ފާއިތުވި މަހު 132 ވަނައިގައި އޮތް އިންޑިޔާ މިވަގުތު އޮތީ ދުނިޔޭގެ ރޭންކިންގެ 101 ވަނައިގައެވެ. ބޮޑު ކުރިއެރުމަކާއެކު މިވަގުތު އިންޑިޔާ އޮތީ އޭޝިޔާގެ 11 ވަނަ މަގާމުގައެވެ.

ފަހަކަށް އައިސް ވާދަވެރި މެޗެއް ނުކުޅެ އަދި އެންމެ ފަހުން ކުޅުނު ބައިނަލްއަގުވާމީ މެޗުގައި ފަލަސްތީން އަތުން ބަލިވެފައިވާތީ ރާއްޖެއޮތީ 140 ވަނައިގައެވެ. އެގާރަ ދަރަޖައިގެ ވެއްޓުމަކާ އެކު މިހާރު ރާއްޖެ އޮތީ 151 ވަނައިގައެވެ. އަދި ރާއްޖެއަށް އޭޝިޔާ ސަރަހައްދުން ލިބެނީ 27 ވަނައެވެ.

މި ސަރަހައްދަށް ބަލާއިރު އަފްޣާނިސްތާނަށް ލިބިފައިވަނީ 153 ވަނައެވެ. ބޫޓާނަށް 164 ވަނަ ލިބުނު އިރު ނޭޕާލަށް ލިބުނީ 170 ވަނަ އެވެ. ބަންގްލަދޭޝް 193 ވަނާގައި އޮތްއިރު ލަންކާއަށް ލިބުނީ 197 ވަނައެވެ. ޕާކިސްތާނަށް ލިބުނީ 201 ވަނައެވެ.

ފިފާ ރޭންކިން އިން އެއްވަނަ ލިބިަފައިވަނީ ބްރެޒިލަށެވެ. ދެވަނަ އާޖެންޓީނާއަށް ލިބުނުއިރު ތިންވަނައިގައި އޮތީ ޗެމްޕިއަން ޖަރުމަނެވެ.

comment ކޮމެންޓް