ބަރުދަން އިތުރުވާ ފަސް ކާނާއެއް!

އެއްބަޔަކު ބަރުދަން ލުއިކުރަން މަސައްކަތްކުރާ އިރު އަނެއް ބަޔަކު ބަރުދަން އިތުރުނުވާތީ އިންތިހާއަށް ފިކުރު ކުރެ އެވެ. ބައެއް ކާނާތަކަކީ އޭގެއިން ފަސޭހަކަމާ އެކު ބަރުދަން އިތުރުވާ ބާވަތްތަކެވެ. ތިރީގައި އެވަނީ ބަރުދަން އިތުރުވާނެ ކާނާގެ ބާވަތްތަކެވެ. ބަރުދަން ލުއިކުރަން ބޭނުންވާ މީހުން މިބާވަތްތައް ބޭނުންކުރުމުގައި ޚާއްސަ ސަމާލުކަމެއް ދެވިދާނެ އެވެ.

ހަނޑޫ

މިއީ ދިވެހިން ކެއުމުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރާ ބާވަތަކެވެ. އަގުގެ ގޮތުން ވެސް ކާއެއްޗެހި ތައްޔާރުކުރުމަށް އަތްފޯރާފަށެއްގައި ލިބެން ހުންނަ ބާވަތެކެވެ. ހަނޑުލުގެ 100 ގްރާމްގައި 130ކެލޮރީސް ހިމެނެ އެވެ. މީގެ އިތުރުން ވިޓަމިންސް އާއި މިނަރަލްސް ވެސް ހަނޑުލުގައި ހިމެނެ އެވެ.

ޕީނަޓް ބަޓަރު

މިއީ ވެސް ބަރުދަން އިތުރުކޮށްދޭ ބާވަތެކެވެ. ޓޯސްޓްކޮށްފައިވާ ޕާންފޮއްޗެއް ޕީނަޓް ބަޓަރު ހާކަލައިގެން ކާލުމުން ގާތްގަނޑަށް 200 ކެލޮރީސް ލިބޭނެ އެވެ. މިއީ އާންމުކޮށް ހެނދުނުގެ ނާސްތާގައި ބޭނުންކުރާ ބާވަތެކެވެ.

ކަނޑުމަސް

ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ބޭނުންކުރުމުން މަހުން ވެސް ބަރުދަން އިތުރުވާނެ އެވެ. ކަނޑުމަހުގައި ޕްރޮޓީންސްގެ އިތުރުން ފެޓީއެސިޑް އަދި ތެލުގެ މިންވަރެއް ވެސް އެކުލެވިގެންވެ އެވެ. މިއީ ވެސް ދިވެހިންގެ ކެއުމުގެ މައިގަނޑު ބާވަތަކެވެ.

ކިރު

ކިރުގެ ވަތްތަރުތަކުގެ ތެރެއިން ވެސް ފުލްކްރީމް އަކީ ބަރުދަން އިތުރުވާނެ ބާވަތެކެވެ. މީގެ ތަށްޓެއްގައި ގާތްގަނޑަކަށް 60 ކެލޮރީސް ހުންނާނެ އެވެ. ހަށިގަނޑުގެ ހެދިބޮޑުވުމަށް ބޭނުންވާ ވަރަށް މުހިންމު ބާވަތްތައް ކިރުގައި އެކުލެވިގެންވެ އެވެ. އޭގެ ތެރޭގައި ކެލްސިއަމް، ވިޓަމިންސް އަދި މިނަރަސް ގިނަ އަދަދަކަށް ހިމެނެ އެވެ.

ބިސް

ބަރުދަން އިތުރުކުރަން ބޭނުންވާ މީހުން ރޯ ބިސް ބޭނުންކުރާކަށް ނުޖެހެ އެވެ. އޭގެ ބަދަލުގައި ބިހުން އެކި އެއްޗެހި ތައްޔާރުކޮށްގެން ބޭނުންކުރެވިދާނެ އެވެ. ބިހަކީ ވެސް އޭގައި ވަރަށް ގިނަ އަދަދަކަށް ނިއުޓްރިއެންޓްސް ހިމެނޭ އެއްޗެކެވެ. މާގިނައިން ބިސް ބޭނުންކުރާ ނަމަ ހަށިގަނޑުގައި ކޮލްސްޓްރޯލްގެ މިންވަރު އިތުރުވެގެންދާނެ އެވެ. ހަފްތާއަކު ތިނެއް ނުވަތަ ހަތަރު ބިސް ބޭނުންކުރުމުން ފުދޭނެ އެވެ.

comment ކޮމެންޓް