އަހަރެންނަށް އެންމެ ރަނގަޅު ކްލަބަކީ ސެވިއްޔާ: ނަސްރީ

ލޯނުގެ ދަށުން ސެވިއްޔާ އަށް ކުޅެމުންދާ ސާމިރް ނަސްރީ ---

ސްޕެއިންގެ ސެވިއްޔާ އަކީ ފްރާންސް މިޑްފީލްޑަރު ސާމިރް ނަސްރީ އަށް އެންމެ ރަނގަޅު ކްލަބު ކަމަށް އޭނާ ބުނެފި އެވެ.

އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީގައި ހުރެފައި، އުމުރުން 29 އަހަރުގެ ނަސްރީ ސެވިއްޔާއާ ގުޅުނީ ލޯނުގެ ދަށުން މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އޭނާ ދެން އެނބުރި ސިޓީ އަށް ދާން ޖެހޭނީ މިސީޒަން އެއްކޮށް ނިމުމުންނެވެ.

"އަހަރެންނަށް ޕްރީ-ސީޒަންގައި ސިޓީއަށް ރަނގަޅު ކުޅުމެއް ދެއްކުނު. އަހަރެން ސިޓީގައި ބަހައްޓަން ކޯޗު ޕެޕް ގާޑިއޯލާ ވެސް ބޭނުންވި. އަހަރެންގެ އެންމެ ފަހުގެ ސީޒަނުގައި ގިނަ އަނިޔާތަކަކާ ކުރިމަތިލާން ޖެހުނު. އަހަރެން ބޭނުންވީ އާ ކަމެއް. އާ ފެށުމަކުން ފަށަން. އެހެންވެ އަހަރެން ބައެއް ކްލަބުތަކާ ވާހަކަދެއްކިން. އަހަރެންނަށް ސެވިއްޔާ ވާހަކަ އެނގުމުން އެނގުނު މިއީ ކަން އަންނަން ޖެހޭނެ ކްލަބަކީ،" ސެވިއްޔާގެ ރަސްމީ މެގަޒިން އަށް ދިން އިންޓަވިއުއެއްގައި ނަސްރީ ބުންޏެވެ.

ނަސްރީ ބުނީ، ފުޓްބޯޅައިގެ އެއްވެސް ކަމެއް އެނގޭނަމަ ސެވިއްޔާ އަކީ މޮޅެތި ގިނަ ކުޅުންތެރިންތަކެއް އެންމެ މަތީ ލެވެލަށް ގެނެސްދިން ކްލަބުކަން އެނގެން ޖެހޭ ކަމަށާއި އެ ކްލަބާ އެކު ކަންތައް ދަނީ ވަރަށް ރަނގަޅު ކަމަށެވެ.

ނަސްރީ ވަނީ ސެވިއްޔާ އަށް ކުޅުނު 13 މެޗުގައި އެ ކްލަބަށް ތިން ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

comment ކޮމެންޓް