ޔޫރަޕްގެ އިއްތިހާދުން ޓިއުނީޝިއާގައި 300 މިލިއަން ޔޫރޯ އިންވެސްޓް ކުރަނީ

ޓިއުނީޝިއާ - ފޮޓޯ: ޓީސީއައިއައި

ޔޫރަޕްގެ އިއްތިހާދު (އީޔޫ) އިން ޓިއުނީޝިއާގައި 300 މިލިއަން ޔޫރޯގެ އިންވެސްޓްމެންޓް ކުރުމަށް ނިންމައިފިއެވެ.

އެ އިއްތިހާދުން މި އިންވެސްޓްމެންޓް ކުރާނީ އަންނަ އަހަރުގެ ތެރޭގައެވެ. ޔޫރަޕްގެ އިންތިހާދުގެ ފޮރިން ޕޮލިސީގެ ޗީފް، މޮޣާރިނީ ވިދާޅުވީ ޓިއުނީޝިއާގައި އެ ފައިސާ އިންވެސްޓް ކުރުމަށް ނިންމާފައިވަނީ އެގައުމުގެ އިގްތިސާދު ހަމައަކަށް އެޅުވުމުގެ މަގްސަދުގައި ކަމަށެވެ. އަދި ޓިއުނީޝިއާއަކީ އެ އިއްތިހާދުގެ "ޕްރިއޯރިޓީ" އެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ޓިއުނީޝިއާގައި އިންވެސްޓް ކުރުމަކީ، ޚާއްސަކޮށް މި ގައުމުގެ ޒުވާނުންނަށް އިންވެސްޓު ކުރުމަކީ އީޔޫގެ ސްޓްރެޓެޖިކް ޕްރިއޯރިޓީއެއް،" އޭނާ ވިދާޅުވިއެވެ.

ޓިއުނީޝިއާގެ ކުރީގެ ރައީސް، ޒީން އަލް އަބިދީންގެ ވެރިކަން ވެއްޓުނު ފަހުން އިގްތިސާދީ ގޮތުން އެގައުމަށް ވަނީ ބޮޑު ވެއްޓުމަކާ ކުރިމަތިވެފައެވެ. ނަމަވެސް މި މަހުގެ ފަހު ކޮޅުގައި ބޭއްވުމަށް ރާވާފައިވާ އިންވެސްޓްމެންޓް ފޯރަމްގެ ސަބަބުން އެގައުމުގެ އިގްތިސާދަށް ކުރިއެރުންތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް