ހަށިވިއްކާ ކަމުގެ ތުހުމަތުގައި ބިއުޓީ ޕާލާއަކަށް ފުލުހުން ވަދެ ހަ ބިދޭސީއަކު ހައްޔަރުކޮށްފި

ހ. ބިއުޓީ ހެލްތު ބޮޑީ ލައިފް އިން މިރޭ ފުލުހުން ހައްޔަރުކުރި ބިދޭސީ ހަތަރު އަންހެނުންނާއި ބިދޭސީ ދެ ފިރިހެނުން ހައްޔަރުކޮށްގެން ނެރެނީ -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މާލޭގައި ހަށިވިއްކަމުން ދިޔަ ބިއުޓީ ޕާލާއަކަށްވަދެ ހަ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ "ސަން" އަށް މިރޭ ވިދާޅުވީ، ހ. ރީނދޫކޮކާގޭގައި ހިންގާ މަސާޖު ޕާލާއެއްގައި ހަށިވިއްކާ ކަމުގެ މައުލޫމާތު ލިބިގެން އެތަނަށް ފުލުހުންވަދެ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން މިރޭ ބަލައިފާސްކޮށްފައި ވަނީ، ހ. ރީނދޫކޮކާގޭގައި ހުންނަ ބިއުޓީ ހެލްތު ބޮޑީ ލައިފް ކިޔާ ތަނެކެވެ. އެތަނުން ހައްޔަރުކުރީ ހަތަރު ބިދޭސީ އަންހެނަކާއި ދެ ބިދޭސީ ފިރިހެނެކެވެ.

ހ. ބިއުޓީ ހެލްތު ބޮޑީ ލައިފް އިން މިރޭ ފުލުހުން ހައްޔަރުކުރި ބިދޭސީ ހަތަރު އަންހެން ކުދިން ފުލުހުންގެ ވެހިކަލަށް އަރުވަނީ -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ފުލުހުން އެތަނުން އެމީހުން ނެރެގެން ގެންދިޔައިރު އެ ހަތަރު އަންހެނުންވެސް ބޮލާއި މޫނު ފޮރުވޭގޮތަށް ފޮތިގަނޑެއް އަޅައިފައި ހުއްޓެވެ.

ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައިފާސްކޮށް އެމީހުންގެ ފޮށިތަންމަތިތައް ވެސް ގެންގޮސްފައެވެ.

comment ކޮމެންޓް