މިއީ ވާ ދަތުރެއް، ކޮކާކޯލާގެ ނަސީބުވެރިން އުފަލުން ފޮޅިފައި!

ކޮކާ ކޯލާ ޔޫރޯ ޕްރޮމޯޝަން 2016: ޕެރިސް ދަތުރުގެ ނަސީބުވެރީން، އައިފަލް ޓަވަރުގެ ކައިރީގައި ފޮޓޯއަކަށް ހުއްޓިލައިގެން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

"ލުވްރު މިއުޒިއަމަށް ޒިޔާރަތްކުރުމަކީ ދެކެމުންއައި ޒަމާންވީ ހުވަފެނެއް. އެ ހުވަފެން މިއަދު މިވަނީ ހަގީގަތަކަށް ވެފައި. ދެން ހަމަ ނޭނގި ހުއްޓާ ހަނީމޫން ދަތުރެއް ވެސް ލިބުނީ،" މޯލްޑިވިއަންގައި މަސައްކަތްކުރާ، އައިމިނަތު އަރޫޝާ (އަރޫ) އާއި ހަމަ އެ ކުންފުނީގައި މަސައްކަތްކުރާ އޭނާގެ ފިރިމީހާ އަލީ ޒާހިރު އެ ދެމަފިރީންގެ އުފާވެރި އިހްސާސްތައް ސަންއާ ހިއްސާކުރިއެވެ.

ކޮކާ ކޯލާ ޔޫރޯ ޕްރޮމޯޝަން 2016: ޕެރިސް ދަތުރު ލައްވައިލި އާމިނަތު އަރޫޝާއާއި އޭނާގެ ފިރިމީހާ އަލީ ޒާހިރު، ލުވްރު މިއުޒިއަމްގެ ތެރޭގައި -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

އަރޫޝާއާއި އަލީ ޒާހިރު ކައިވެނިކުރިތާ އަދި މަހެއްހާ ދުވަސް ވެސް ނުވާނެ އެވެ. ކައިވެންޏަށް ފަހު ހަނީމޫނަށް ނުދެވިތިއްބާ ކުއްލިއަކަށް ލިބުނު ޚަބަރަކުން އުފަލުން ހަލާކުނުވީ ކިރިޔާ އެވެ. އެއީ އަބަދުވެސް އަރޫޝާ ދެކެމުން އައި ހުވަފެނެކެވެ. ފްރާންސްގެ ވެރިރަށް ޕެރިހަށް ކޮންމެވެސް ދުވަހަކުން ދިއުމެވެ. އަދި އެތަނުގެ މަޝްހޫރު ލުވްރު މިއްޒިއަމަށް ޒިޔާރަތްކޮށްލުމެވެ.

ކޮކާ ކޯލާ ޔޫރޯ ޕްރޮމޯޝަން 2016: ޕެރިސް ދަތުރު ލައްވައިލި އާމިނަތު އަރޫޝާއާއި އޭނާގެ ފިރިމީހާ އަލީ ޒާހިރު، ލުވްރު މިއުޒިއަމްގެ ތެރޭގައި -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ކޮކާކޯލާގެ ޔޫރޯ ޕްރޮމޯޝަންގެ ޕެރިސް ދަތުރުގެ ފަސް ވަނަ ހަފްތާގެ ނަސީބުވެރިއަކަށް ހޮވުނީ އަރޫ އެވެ. ހަމައެއާ އެކު ކުޑައިރުއްސުރެން ލުވްރު މިއުޒިއަމަށް ދާން ކުރި އުންމީދުތައް ހާސިލްވީ އެވެ. އަދި ހަނީމޫން ހޭދަކޮށްލަން އަރޫ އެންމެ ބޭނުންވި މަންޒިލަށް ވެސް އާދެވުނީ އެވެ.

ދަ ލުވްރު:

ފްރާންސްގެ ވެރިރަށް ޕެރިހުގެ ތާރީޚީ ބިނާ، ލުވްރު އަކީ ދުނިޔޭގެ އެންމެ ބޮޑު ދާރުލް އާސާރެވެ. ސެއިން ކޯރުގެ އައްސޭރިފަށާ ކައިރީގައި ހުންނަ އެ އިމާރާތަކީ، ޕެރިސް ސިޓީގެ ސެންޓްރަލް ލޭންޑް މާކެވެ. ގާތްގަނޑަކަށް 60,600 އަކަ މީޓަރުގެ އެ ބޮޑު އިމާރާތުގެ ތެރޭގައި މީގެ އެތަކެއް ސަތޭކަ އަހަރު ކުރިން ފެށިގެން 21 ވަނަ ގަރުނާ ހަމައަށް، މިސްރާއި، ގްރީކް، ފާރިސީން އަދި ފްރާންސާއި ހުޅަނގުގެ ތާރީޚު ވެސް ވަރަށް ފުރިހަމަށް ދައްކުވައިދޭ، ގަދީމީ އަތްތެރި މަސައްކަތާއި، ކުރެހުންތައް ހިމެނޭ 35,000 އަށް ވުރެ ގިނަ ތަކެތި ހުއްޓެވެ.

ކޮކާ ކޯލާ ޔޫރޯ ޕްރޮމޯޝަން 2016: ޕެރިސް ދަތުރުގެ ބައިވެރީން ލުވްރު މިއުޒިއަމް ތޭގައި- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

މީގެ އިތުރުން ވެސް އޭރުގެ ބައެއް ރަސްކަލުންނާއި ރަނިކަންކުރެއްވި ބޭފުޅުން ތުރުކުރެއްވި ދަހަނާ އާއި ގަހަނާތައް ލުވްރު މިއުޒިއަމްގައި ހުއްޓެވެ.

އެތާނގައި ހުރި ތަކެތީގެ ތެރޭން އެންމެ ގިނަ ބައެއްގެ ސަމާލުކަން މިހާރު ވެސް ލިބޭ އެކައްޗަކީ، ލިއޮނާޑޯ ޑަ ވިންޗީގެ މަޝްހޫރު ކުރެހުން، މޮނަ ލިސާއެވެ.

ކޮކާ ކޯލާ ޔޫރޯ ޕްރޮމޯޝަން 2016: ލުވްރު މިއުޒިއަމްގައި ބަހައްޓާފައި ހުރި ލިއަނާޑޯ ޑަ ވިންޗީގެ މަޝްހޫރު ކުރެހުން މޮނަ ލިސާ - ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ޗައިނާގެ ޕެލަސް މިއުޒިއަމަށް ފަހު، ދުނިޔޭގެ ދެވަނައަށް އެންމެ ގިނަމީހުން ޒިޔާރަތްކުރާ ދާރުލް އާޘާރަކީ ލުވްރު އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން، 2014 ވަނަ އަހަރުގެ ތެރޭގައި ވެސް ލުވްރު މިއުޒިއަމަށް 9.26 މިލިއަން މީހުން ޒިޔާރަތްކުރި އެވެ.

ކޮކާ ކޯލާ ޔޫރޯ ޕްރޮމޯޝަން 2016: ޕެރިސް ދަތުރުގެ ބައިވެރީން ލުވްރު މިއުޒިއަމް ތޭގައި- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

މި ދާރުލް އާޘާރު ގާއިމުކޮށްފައި ވަނީ، 12 ވަނަ ގަރުނުގެ ތެރޭގައި، ފްރާންސްގެ ރަސްކަންކުރެއްވި ފިލިޕް-2 ނުވަތަ ފިލިޕް އޮގަސްޓަސްގެ ވެރިކަމުގައި ބިނާކުރި ވަރުގަދަ ކިއްލާ ހުރި ތަނުގަ އެވެ. މިހާރު ވެސް އޭރު ބިނާ ކުރި އެ ވަރުގަދަ ފާރު، ލުވްރު ޕެލަސްގެ އެތެރޭގައި އެބަހުއްޓެވެ. އަދި އެކި ރަސްރަސްކަލުންގެ ދުވަސްވަރު، ލުވްރު ޕެލަސް ވަނީ އެތަކެއް ފަހަރުމަތީން ބޮޑުވެސްކޮށްފަ އެވެ.

ކޮކާ ކޯލާ ޔޫރޯ ޕްރޮމޯޝަން 2016: ޕެރިސް ދަތުރުގެ ބައިވެރީން ލުވްރު މިއުޒިއަމް ތޭގައި- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ލުވްރު މިއުޒިއަމް ހުޅުވާފައި ވަނީ، ފްރާންސްގެ ރަސްކަމަށް ނިމުންއައިތާ އެއް އަހަރު ފާހަގަކުރުމާ ދިމާކޮށް 10 އޯގަސްޓް 1973ގަ އެވެ.

އެ ބިނާއެއްގެ ސަބަބުން، ޕެރިސް މީސްތަކުންގެ ހިތްތަކުން ޖާގަހޯދި، މަޝްހޫރު އައިފަލް ޓަވަރުގެ އެންމެ މަތީން ފްރާންސް ބަލައިލަން ލިބުމަކީ ޕެރިހަށް ޒިޔާރާތްކުރާ ކޮންމެ މީހެއްގެ ވެސް "ޑްރީމް"އަކަށް ވާނެ އެވެ. ކޮކާކޯލާގެ ނަސީބުވެރީން ވަނީ އެ އުފާވެސް ލިބިގެންފަ އެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގެ ސެއިން ރިވަރ ސަރަހައްދު -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

އައިފަލް ޓަވަރަކީ، ދުނިޔޭގެ އެންމެ އުސް ޓަވަވަރުގެ ގޮތުގައި 41 އަހަރު ހޭދަކުރި ބިނާއެކެވެ. އަދި މިހާރު ވެސް ދުނިޔޭގެ އެންމެ އުސް އިމާރާތްތަކުގެ ތެރޭގައި ހިމެނޭ އެންމެ ދުވަސްވީ އިމާރާތުގެ ގޮތުގައި މި ގަދަފަދަ ބިނާ ހުރީ އެވެ.

"މީގެ ކުރީން މިފަދަ ތަންތަން ފެންނަނީ، ޓީވީން ނުވަތަ އިންޓަނެޓުން. އަދި މީގެ ކުރީން ދުވަހަކު ވެސް ފެނިފައި ނުވާ، އަދި އަޑުވެސްނާހާ، ރީތި ހިތްގައިމު އެތައް ތަނެއް ފެނިއްޖެ. މިއީ ހަމަ ހަނދާނުން ފިލުވާ ވެސް ނުލެވޭނެ ފަދަ ފޮނި ތަޖްރިބާތަކެއް،" ކޮކާ ކޯލާ ޔޫރޯ 2016 ޕްރޮމޯޝަންގެ ޕެރިސް ދަތުރުގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔާ އާމިނަތު ރަޝާ އޭނާގެ އިހްސާސްތައް ބޭރުކޮށްލި އެވެ.

ފުރާވަރު އުމުރަށް އެޅީއްސުރެން ވެސް ރަޝާގެ ވަރަށް ބޮޑު އުންމީދެއް އޮވެ އެވެ. އެއީ ފްރާންސްގެ ވެރިރަށް ޕެރިހަށް ދިއުމެވެ. އަދި އެތަނުގައި ހުންނަ ތާރީޚީ އުސް ޓަވަރަށް އެރުމެވެ.

ކޮކާކޯލާ ޔޫރޯ 2016 ޕްރޮމޯޝަންގެ ނަސީބުވެރީން، ނަސީބުވެރީން ޕެރިހުގެ އައިފަލް ޓަވަރުގެ ކައިރީގައި ފޮޓޯއަކަށް ހުއްޓިގެން -- ސަން ފޮޓޯ: ޠަލްޙަތު މޫސާ

އެހެންނަމަވެސް ފްރާންސަަށް ދިއުމަކީ ފަސޭހަކަމެއް ނޫންކަން ރަޝާއަށް އެނގެ އެވެ. އަދި ކުޑަ ޚަރަދަކުން ވާނޭކަމެއް ނޫންކަން ވެސް އެނގެ އެވެ. ހީވެސް ނުކޮށް ހުއްޓައި ރަޝާގެ އަތުގައި ނަސީބު ހިފައިފި އެވެ. ކޮކާކޯލާ އިން އޭޕްރީލް 16އިން ފެށިގެން މޭ 29ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ޕެރިސް ދަތުރުގެ ނަސީބުވެރީންގެ ތެރޭން އެންމެ ފުރަތަމަ ހަފްތާގައި ވެސް ހޮވުނީ ރަޝާއެވެ.

"ބުނަންވެސް ނޭނގޭފަދަ އިހްސާސްތަކެއް ކުރެވުނީ. މީ ހަމަ ޑްރީމްއެއް ހަގީގަތަކަށްވީ،" ޓަވަރަށް އެރުމަށް ފަހު އެ ކުރެވުނު އިހްސާސްތައް ކުރުގޮތަކަށް ރަޝާ ބޭރުކޮށްލި އެވެ.

ޓަވަރުގެ ތާރީޚް:

އައިފަލް ޓަވަރު ބިނާކުރެވުނީ، 1889 ވަނަ އަހަރުގެ ވޯލްޑް ފެއާރއަށް ޕެރިހުގެ ޝޯމް ދެ މާރސް ސަރަހައްދު ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރޭންނެވެ. އެތަނަށް ވަންނަ މައި ގޭޓްގެ ގޮތުގައި ތައްޔާރުކޮށްފައިވާ ބިނާގެ ޑިޒައިނާ ބެހޭގޮތުން އޭރު ގިނަ ބަޔަކު ފާޑުކީ ނަމަވެސް، މިއަދާ ހަމައަށް ވެސް އެތަން ވެގެން ގޮސްފައި ވަނީ އެތައް މިލިއަން ބަޔަކު އެތަނަށް ޒިޔާރަތްކުރާ އަދި ކުރަން ބޭނުންވާ މުޅި ދުނިޔޭގެ ސަމާލުކަން ލިބިފައިވާ ތާރީޚީ ތަނެއްގެ ގޮތުގަ އެވެ.

ކޮކާކޯލާ ޔޫރޯ 2016 ޕްރޮމޯޝަންގެ ނަސީބުވެރީން، ނަސީބުވެރީން ޕެރިހުގެ އައިފަލް ޓަވަރުގެ އެންމެ މަތީގައި ފޮޓޯއަކަށް ހުއްޓިލައިގެން -- ސަން ފޮޓޯ: ޠަލްޙަތު މޫސާ

އެކަތަ ފަދަ ދަގަނޑުގެ ހާއްސަ ބާވަތަކުން ވަކިގޮތަކަށް ބައްޓަންކޮށްގެން ހަދާފައިވާ އެ ވަރުގަދަ ޓަވަރަށް އައިއެފް ޓަވަރުގެ ނަން ދީފައި ވަނީ، ޓަވަރު ހެދި ކުންފުނީގެ ވެރިޔާ ގުސްޓާވް އެއިފަލްއަށް ނިސްބަތްކޮށެވެ.

އުސްމިނުގައި 324 މީޓަރު (1063 ފޫޓް)، ގާތްގަނޑަކަށް 81 ބުރީގެ އިމާރާތެއްގެ އުސްމިނާ އެއްވަރުގެ މި ބިނާއަކީ، ޕެރިހުގައި ހުންނަ އެންމެ އުސް އިމާރާތެވެ. އެހެންކަމުން ޕެރިސް ސިޓީގައި އެ ޓަވަރަށް ވުރެ އުސް އިމާރާތެއް އެޅުން ވެސް އޮންނަނީ މަނާކޮށްފަ އެވެ. ޓަވަރުގެ އެންމެ ތިރީގައި (ބުޑުގަނޑުގައި) 125 އަކަމީޓަރު (410 އަކަފޫޓް) ހުރެއެވެ. ޓަވަރަށް ޒިޔާރަތްކުރާ މީހުންނަށް ހާއްސަކޮށް ތިން ލެވެލެއް ހުންނަ އިރު، ތިރީ ދެ ލެވެލްގައި ރެސްޓޯރަންޓްތައް ހުރެއެވެ. ވޮޝިންޓަން މޮނިއުމެންޓްގެ ރެކޯޑް މުގުރާލުމަށް ފަހު 41 އަހަރުގެ ދިގު މުއްދަތަކަށް އެންމެ އުސް އިމާރާތުގެ ގޮތުގައި ހޭދަކުރި އައިފެލް ޓަވަރުގެ ރެކޯޑް މުގުރައިލީ 1930 ވަނަ އަހަރު އެމެރިކާގެ ނިއު ޔޯކުގައި ބިނާކުރި ކްރިސްޓަލް ބިލްޑިންގެވެ. އެހެން ނަމަވެސް 1957ގައި އައިފެލް ޓަވަރުގެ އެންމެ މައްޗަށް 5.2 މީޓަރު (17 ފޫޓް)ގެ ބައެއް އިތުރުކުރުމުން އަނެއްކާވެސް ކްރިސްޓަލް ބިލްޑިންގަށް ވުރެ އެތަން އުސްވި އެވެ.

ކޮކާ ކޯލާ ޔޫރޯ ޕްރޮމޯޝަން 2016: އައިފަލް ޓަވަރުގެ މަތީން ޕެރިސް -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ފްރާންސްގައި މިހާރު ވެސް ދެވަނައަށް އެންމެ އުސް އިމާރާތަކީ މި ޓަވަރެވެ. ފްރާންސްގައި ހުރި އެންމެ އުސް އިމާރާތަކީ އެގައުމުގެ ދެކުނުގެ ސިޓީއެއްކަމަށްވާ މިލާއުގައި ހުންނަ "މިލާއު ވައިޑަކްޓް" ބްރިޖެވެ. 14 ޑިސެމްބަރު 2004ގައި ހުޅުވި ދުނިޔޭގެ އެންމެ އުސް ފާލަމުގެ އުސްމިނަކީ 343 މީޓަރު (1125 ފޫޓް) އެވެ.

މިހާރު ދުނިޔޭގައި ހުރި އެންމެ އުސް އިމާރާތް، ދުބާއީގެ ބްރިޖް ޚަލީފާ (2,722) އާ އުސްމިނުން އަޅައި ނުކިޔުނަސް އައިފެލްޓަވަރުގެ މަގުބޫލުކަން ހުރީ، މިހާރުވެސް އެތަން ބަލައިލުމަށް އަހަރެއްގެ ތެރޭގައި އެތައް މިލިއަން މީހުން ޒިޔާރަތްކުރެ އެވެ. އެގޮތުން 2015 ވަނަ އަހަރު އައިފެލް ޓަވަރު ބަލައިލުމަށް 6.9 މިލިއަން މީހުން ޒިޔާރަތްކުރި ކަމަށް ވެއެވެ.

ކޮކާކޯލާ ޕްރޮމޯޝަންގެ ނަސީބުވެރީންގެ ތެރޭގައި ހިމެނުނު، ހަސަން ޝީފާޒުގެ ދެމަފިރީންނާއި، އަބްދުﷲ ވަހީދުގެ ދެމަފިރީންނަށް ވެސް ޕެރިސް ދަތުރު ސިފަ ކުރީ "ހަނދާނުން ފިލުވައި ނުލެވޭނެ، ހަޔާތުގައި ލިބުނު ވަރަށް ޚާއްސަ ފުރުސަތެއް"ގެ ގޮތުގަ އެވެ.

ކޮކާ ކޯލާ ޔޫރޯ ޕްރޮމޯޝަން 2016: ޕެރިސް ދަތުރުގެ ނަސީބުވެރީން، ވޭލްސް ނޮދަން އަޔަލޭންޑް މެޗް ބަލަން ދަނޑަށް ވަންނަނީ -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

މި ދަތުރުގެ އެންމެ މުހިންމު ބަޔަކީ، މިފަހަރުގެ ޔޫރޯގެ ގަދަ 16ގައި މިދިޔަ ހޮނިހިރު ދުވަހު ނޮދަން އަޔަލޭންޑާއި ވޭސް ކުޅުނު މެޗު ބަލައިލުން ކަމުގައި ވީ ނަމަވެސް، ކޮކާ ކޯލާއިން ވަނީ، ފްރާންސްގެ މުހިއްމު ތަންތަނުގެ ތެރޭގައި ހިމެނޭ، އާކް އޮފް ލަ ދެފޯންސް، އާރކް އޮފް ޓްރައިމްފް، ޝޯންޒް އެލިޒޭ، ގްރޯޑް ފަލެއި، ޕެޗިފަލެއި، އިންވަލިޑޭސް، ކޮންކޯރޑް ސްކުއަރ، ޗަރޗް އޮފް މެގްޑެލީނާ، އޮޕޭރާ އޮފް ޕެރިސް، އެވެނިއު އޮފް އޮޕޭރާ، ލުވްރު، ޕޯރް ދޭޒް އާރ، ފޮން ދޭޒް އާރ، ޗާޗް އޮފް ކެތިދެރަލް ނޮތްރެދަން ފަދަ ތާރީޚީ ތަންތަން ދަތުރުގެ ބައިވެރީންނަށް ދައްކާލައިފަ އެވެ.

ކޮކާ ކޯލާ ޔޫރޯ ޕްރޮމޯޝަން 2016: ޕެރިސް ދަތުރުގެ ނަސީބުވެރީން، ޕެރިހުގެ ރެސްޓޯރަންޓެއްގައި ރޭގަނޑުގެ ކެއުމަށް ތައްޔާރުވަނީ -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ހަގީގަތުގައި ވެސް، ރާއްޖޭގެ ކޮކާ ކޯލާ ކުންފުނީގެ ޖެނެރަލް މެނޭޖަރު، މިލިންދް ދެރާސަރީ ވިދާޅުވި ފަދައިން، ދަތުރުގެ ބައިވެރީންނަށް ޕެރިސް ދަތުރު ވެގެން ދިޔައީ، ހަނދާނުން ފޮހެ ނުލެވޭނެ ދަތުރަކަށެވެ. ޕެރިހުގައި ހޭދަކުރި ކޮންމެ ވަގުތު ކޮޅަކީވެސް ދަތުރުގެ ބައިވެރީންނަށް އުފާވެރިކަން ގެނެސްދި ވަގުތުކޮޅެކެވެ.

"ކުރިން އުންމީދު ކުރިވަރަށް ވުރެ ވެސް ދަތުރުގެ ހުރިހާ އިންތިޒާމެއް ވެސް ވަރަށް ފުރިހަމަ. ކޮކާ ކޯލާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ޖޫން 23 އިން 27އަށް ޕެރިހަށް ކުރި ދަތުރާ ގުޅޭ ގޮތުން، ޖުމުލަ 17 މީހުންގެ މައްޗަށް އެކުލެވޭ ޓީމުގެ މެންބަރުން އެ މީހުންގެ އިހްސާސްތައް ސަންއާ ހިއްސާކުރި އެވެ.

comment ކޮމެންޓް