ސަން ބަދިގެ: ހަނީ ރޯސްޓެޑް ޕޮޓޭޓޯސް

ހަނީ ރޯސްޓެޑް ޕޮޓޭޓޯސް

ބޭނުންވާ ތަކެތި:

  • ބައިކިލޯ އަލުވި (ހަތަރު ފަޅިއަށް ފަޅާފައި)
  • 2 މޭޒުމަތީ ސަމުސާ ފިޔާ (ކުދިކޮށް ކޮށާފައި)
  • 2 މޭޒުމަތީ ސަމުސާ ބަޓަރު (ދިޔާކޮށްފައި)
  • 1 މޭޒުމަތީ ސަމުސާ މާމުއި
  • 1 ސައިސަމުސާ މަސްޓަރޑް
  • ލޮނު ކޮޅެއް
  • އަސޭމިރުސް ކޮޅެއް

ތައްޔާރު ކުރާނެ ގޮތް:

އަވަން 190 ޑިގްރީއަށް ހޫނު ކުރާށެވެ. އެއަށްފަހު ބޭކިން ޑިޝް އެއްގައި ތެޔޮ އުނގުޅުމަށްފަހު އަލުވިތައް އެ ޑިޝްގައި އަތުރާލާށެވެ. އެއަށްފަހު އޭގެ މައްޗަށް ފިޔާކޮޅު އަޅާލާށެވެ.

ކުޑަ ބޯތަށްޓެއްގައި ބަޓަރު، މަސްޓަރޑް، ލޮނު އަދި އަސޭމިރުސް އެއްކުރުމަށް ފަހު، އަލުވި އަދި ފިޔާތަކުގެ މައްޗަށް ބުރުވާލާށެވެ.

އެއަށްފަހު އަވަނަށް ލައި 35 ވަރަަކަށް މިނެޓު ވަންދެން ފިހެލާށެވެ.

comment ކޮމެންޓް