ޕޮލިޓެކްނިކްގެ ޖޫން މަހު ފަށާ ކޯސްތަކަށް 1،006 ޖާގަ ހުޅުވާލައިފި

މޯލްޑިވްސް ޕޮލީޓެކްނިކުގެ ދަރިވަރުންތަކެއް ކްލާހުގައި ހަރަކާތްތެރިވަނީ -- ސަން ފައިލް ފޮޓޯ

އަންނަ ޖޫން މަހު މޯލްޑިވްސް ޕޮލިޓެކްނިކުން ރާއްޖޭގެ ހަތަރު ކެމްޕަހެއްގައި ފަށަން ނިންމާފައިވާ ކޯސްތަކަށް 1006 ޖާގަ ހުޅުވާލައިފި އެވެ.

މިއަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހު ފަށާ އެ ކޯސްތަކަށް ޖާގަ ހުޅުވާލާފައި ވަނީ، މާލޭ ކެމްޕަހުގެ އިތުރުން ގއ. ވިލިނގިލިއްޔާއި ރ. އަލިފުށީގެ އިތުރުން އައްޑޫ ސިޓީ އަދި ކ. ތުލުސްދޫގައި ހުންނަ ކެމްޕަހުންނެވެ.

އެގޮތުން، މާލެ އިން އެކަނިވެސް ވަނީ 623 ޖާގަ ވަނީ ހުޅުވާލާފައެވެ.

ހުޅުވާލި ފުރުސަތުތައް:

  • ޑިޕްލޮމާ ފެންވަރުގެ ހަތަރު ކޯހަކުން 135 ޖާގަ
  • ސެޓްފިކެޓް ހަތަރެއް ހަ ކޯހަކުން 238 ޖާގަ
  • ސެޓްފިކެޓް ތިނެއްގެ ހަތް ކޯހަކުން 250 ޖާގަ

މިފަހަރު ހުޅުވާލި ޖާގައިގެ ތެރެއިން އެންމެ ގިނަ ޖާގަ ހުޅުވާލާފައި ވަނީ މާލޭ ކެމްޕަހުން ހުޅުވާލާފައިވާ އޮންލައިންކޮށް ހެދޭ ސެޓްފިކެޓް ހަތަރަކުން ސްމޯލް ބިޒްނަސް މެނޭޖްމަންޓް ކޯހާއި ސެޓްފިކެޓް ތިނަކުން ސްމޯލް ބިޒްނަސް މެނޭޖްމަންޓް ކޯހެވެ. އެ ދެ ކޯހުގެ ތެރެއިން ކޮންމެ ކޯހަކުން 150 ޖާގަ ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން، ގއ. ވިލިނގިލި ކެމްޕަހުން 185 ޖާގަ އާއި ރ. އަލިފުށި ކެމްޕަހުން 75 ޖާގަ ހުޅުވާލާފައިވާއިރު، އައްޑޫ ސިޓީ ކެމްޕަހުން 73 ޖާގަ އަދި ކ. ތުލުސްދޫ ކެމްޕަހުން 50 ޖާގަ ވަނީ ހުޅުވާލާފަ އެވެ.

މޯލްޑިވްސް ޕޮލިޓެކްނިކުން ބުނި ގޮތުގައި، އެ ކޯސްތަކަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 22 ވަނަ ދުވަހުގެ 2:00 އާ ހަމައަށެވެ. އަދި ކޯހުގެ ޖާގަ އޮތްނަމަ، ކޯސް ފެށުމުގެ ކުރިން ހުށަހަޅާ ފޯމުތައް ވެސް ބަލައިގަންނާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

ޑިޕްލޮމާ ކޯސްތަކުގެ ޝަރުތުތައް:

  • ޖީސީއީ އޭލެވެލް ދެ މާއްދާއިން "އީ" ފާހަށްވުރެއް މަތިން ލިބިފައިވުން، ނުވަތަ މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝާން ޕްރޭމްޗާކުގެ ލެވެލް ހަތަރެއްގެ ކޮލިފިކޭޝަނެއް ހާސިލްކޮށްފައިވުން

އެހެނިހެން ޝަރުތު

  • ޖީއީއީ އޯލެވެލް/ އެސްއެސްސީ އިމްތިހާނުން ތިން މާއްދާއިން ފާސްވެފައިވުމާއެކު، މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަން ފްރޭމްވާކުގެ ލެވެލް ހަތަރެއްގެ ފައުންޑޭޝަނެއް ހާސިލްކޮށްފައިވުން ނުވަތަ 20 އަހަރުވެފައިވުމާއެކު އޯލެވެލް/ އެސްއެސްސީ އިމްތިހާނުން އެއް މާއްދާއިން ފާސްވެފައިވުމާއެކު، އެއް އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ސެޓްފިކެޓް ލެވެލް ހަތަރެއްގެ ކޯސްތަކުގެ މައިގަނޑު ޝަރުތު:

  • ޖީސީއީ އޯލެވެލް/ އެސްއެސްސީ އިމްތިހާނުން ތިން މާއްދާއިން "ސީ" އިން މަތި ލިބިފައިވުން، ނުވަތަ އެމްއެންކިއުއެފް ލެވެލް ތިނެއްގެ ސަނަދެއް ހާސިލްކޮށްފައިވުން

އެހެނިހެން ޝަރުތު:

  • 16 އަހަރުވެފައިވުމާއެކު، އެމްއެންކިއުއެފް ލެވެލް ތިނެއްގެ ފައުންޑޭޝަން ކޮލިފިކޭޝަނެއް ހާސިލްކޮށްފައިވުން، ނުވަތަ 18 އަހަރުވެފައިވުމާއެކު ގްރޭޑް ހަތެއްގެ ތައުލީމު ފުރިހަމަ ކުރުމާއެކު އެއް އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯސްތަކުގެ މައިގަނޑު ޝަރުތު:

  • ގްރޭޑް ހަތެއް ފުރިހަމަކޮށްފައިވުން ނުވަތަ އެމްއެންކިއުއެފް ލެވެލް ދޭއްގެ ސަނަދެއް ހާސިލްކޮށްފައިވުން

އެހެނިހެން ޝަރުތު

  • އުމުރުން 18 އަހަރު ފުރިފައިވުމާއެކު އެއް އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން އަދި އިނގިރޭސިބަހުންނާއި ދިވެހިބަހުން ލިޔަންކިޔަން އެނގުން

ސެޓްފިކެޓް ލެވެލް އެކެއްގެ ކޯސްތަކުގެ މައިގަނޑު ޝަރުތު:

މައިގަނޑު ޝަތުރު

  • ގްރޭޑް ހަތެއް ފުރިހަމަކޮށްފައިވުން، ނުވަތަ އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ލިޔަންކިޔަން އެނގުން

އެހެނިހެން ޝަރުތު

  • 16 އަހަރު ފުރިފައިވުން
comment ކޮމެންޓް