އެމެރިކާގެ ޕާލަމެންޓް އިމާރާތުގައި ބަޑީގެ ހަމަލާއެއް ދިނުމުން އެއިމާރާތާއި ވައިޓްހައުސް ބަންދުކޮށްފި

ކެޕިޓަލްގެ ވިޒިޓާސް ސެންޓަރަށްދާން ހުންނަ ސިޑި. އޭޕީ ފައިލް ފޮޓޯ

އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީގައި ހުންނަ ޕާލަމެންޓް އިމާރާތް " ކެޕިޓަލް ހިލް" ގައި މީހަކު ފުލުހަކަށް ބަޑިން ހަމަލާދީ ޒަހަމްކޮށްލުމާއި ގުޅިގެން އެއިމާރާތާއި ރިޔާސީ ގަނޑުވަރު "ވައިޓް ހައުސް" ބަންދުކޮށްދިއެވެ.

އެސޯސިއޭޓެޑް ޕްރެސް ( އޭޕީ) ބުނީ، ޕާލަމެންޓް އިމާރާތަށް ޒިޔާރަތްކުރާ މީހުން މަޑުކުރާ ތަނުގައި ހިނގި އެހާދިސާގައި ބަޑި ޖެހިމީހާ ހައްޔަރުކޮށްފައިވާ ކަމަށާއި ހަމަލާ އަމާޒުވި ފުލުހުންގެ މީހާގެ ޒަހަމްތައް ސީރިއަސްނޫން ކަމަށެވެ.

ހާދިސާ ހިނގާފައި މިވަނީ އެމެރިކާގެ ކޮންގްރެސް ޗުއްޓީއަށް ގޮސްފައިވާ ވަގުތެއްގައި ކަމަށް ވާތީ މެމްބަރުން ވީ އެމީހުން ދިރިއުޅޭ ޑިސްޓްރިކްޓްތަކަށް ގޮސްފައި ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

އެހާދިސާ ހިނގި އިރު ކެޕިޓަލް ހިލްގެ އެކިއެކި އޮފީސްތަކުގައި ތިބި މުވައްޒަފުންނާއި ރިޕޯޓަރުން ތިބި ތަންތަނުގައި ތިބުމަށް އެމެރިކާ ފުލުހުން ވަނީ އަންގާފައެވެ.

ހަމަލާދިން މީހައްޔަރުކޮށްފައި ވިޔަސް އޭނާއާ ބެހޭ ތަފުސީލެއް އަދި ނުލިބެއެވެ. އޭޕީ ބުނީ ކެޕިޓަލްގެ އޮފިޝަލުންގެ ފަރާތުން އަދި އެކަމާ ގުޅޭ ގޮތުން ބަހެއް ނުލިބޭ ކަމަށެވެ.

comment ކޮމެންޓް