އަނބިމީހާ އަށް އަނިޔާކުރިކަމުގެ ތުހުމަތަށް ކުރެންދޫން މީހަކު ހައްޔަރުކޮށްފި

ޅ. ކުރެންދޫ

އަނބިމީހާ އަށް އަނިޔާކުރާކަމުގެ ތުހުމަތަށް ޅ. ކުރެންދޫން މިއަދު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޅ. ކުރެންދޫން މިއަދު ހައްޔަރުކޮށްފައި ވަނީ އުމުރުން 59 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އޭނާގެ އުމުރުން 40 އަހަރުގެ އަނބިމީހާ އަށް ކުރެންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ.

ގެވެށި އަނިޔާގެ މައްސަލަތައް ފަހަކަށް އައިސް ރާއްޖޭގައި ރިޕޯޓްކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ.

comment ކޮމެންޓް