މަހުލޫފުގެ މާލީ ބަޔާން: މިލްކިއްޔާތުގައި ސައިކަލަކާއި ފަސް ލައްކަ ރުފިޔާ!

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު: ފޮޓޯ/ މަޖިލިސް

މަޖިލީހުގެ މެމްބަރުންނަށް ގާނޫނު އަސާސީން ލާޒިމްކުރާ މާލީ ބަޔާން ހުށަހެޅުން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ހާމަކުރައްވައިފި އެވެ.

މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުގެ ގާނޫނުނާއި މަޖިލީހުގެ ގަވާއިދުގެ ދަށުން މެމްބަރުންގެ މާލީ ބަޔާން އާންމު ކުރަން ލާޒިމެއް ނޫނެވެ.

ގާނޫނު އަސާސީގެ 76 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ މެމްބަރަކު ވެސް އަހަރަކު އެއްފަހަރު މާލީ ބަޔާން މަޖިލީހުގެ އަމީންއާންމަށް ހުށަހަޅަން ޖެހޭނެ އެވެ.

ގާނޫނު އަސާސީގެ 76 ވަނަ މާއްދާ

  • ކޮންމެ މެމްބަރަކުމެ ކޮންމެ އަހަރަކު އެއްފަހަރު އެމީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތު ތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެ އެވެ. އަދި މިގޮތުން ދޭ މައުލޫމާތުގައި އެމީހަކު އަދާކުރާ އެހެން ވަޒީފާތަކާއި އެ ވަޒީފާތަކުގެ ޒިންމާތައް ހިމަނަންވާނެ އެވެ.

މަހުލޫފު މަޖިލީހަށް ހުށަހެޅި މާލީ ބަޔާނުގައި ވަނީ އަރަންޏާއި ދަރަނި ހިމެނޭ ގޮތަށް ފައިސާގެ ތަފްސީލުތައް ހާމަކޮށް މައުލޫމާތު ފުރިހަމަކޮށްފަ އެވެ.

  • އަމިއްލަ ނަމުގައި ހަރަދު ކުރި ފައިސާ - 1،350،000 ރުފިޔާ
  • އަމިއްލަ ނަމުގައި ލިބުނު ފައިސާ - 1،862،600 ރުފިޔާ
  • މިލްކިއްޔާތުގައި ހުރި ޖުމްލަ ފައިސާގެ އަދަދު - 512،600 ރުފިޔާ
comment ކޮމެންޓް