މާފިލާފުށީގެ 50 އާއިލާއަކަށް ތުލުސްދޫން ބިން ދޫކޮށްފި

ޅ. މާފިލާފުށީގެ 50 އާއިލާއަކަށް ކ. ތުލުސްދޫ އިން ބިން ދޫކޮށްފި އެވެ.

މާފިލާފުށީގެ އާއިލާތަކަށް ތުލުސްދޫން ބިން ދޫކޮށްފައި ވަނީ މާފިލާފުށި ފަޅު ރަށެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެން ބަދަލުގެ ގޮތުގަ އެވެ. އާބާދީ އިތުރުވަމުން ނުދިއުމާއި ތަރައްގީ ފެންނަމުން ނުދިއުމުން މާފިލާފުށި ފަޅު ރަށެއްގެ ގޮތުގައި ހަމަޖައްސައި އެރަށް ހުސްކުރުމުގެ މަސައްކަތް ފެށީ 2010 ވަނަ އަހަރު އެވެ.

މާފިލާފުށީގެ އާއިލާތަކަށް ލިބޭ ބިންތައް ކަނޑައެޅުމަށް އިއްޔެ ވަނީ ގުރުއަތުލުމެއް ބާއްވާފަ އެވެ.

ހައުސިން މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި މީގެ ކުރިން މާފިލާފުށީގެ ހަތް އާއިލާއަކަށް ވަނީ ހުޅުމާލެއިން ފްލެޓް ދީފަ އެވެ. އަދި އެރަށުގެ ބައެއް އާއިލާތަކުން ޅ. ނައިފަރާއި، ހިންނަވަރާއި، ނ. މަނަދުއާއި، ހދ. ކުޅުދުއްފުއްޓާއި އަދި ހދ. ހަނިމާދޫ އިން ވެސް ވަނީ މީގެ ކުރިން ގޯތި ދޫކޮށްފަ އެވެ.

ޅ. މަޑިވަރުގައި ހުންނަ ސިފައިންގެ މަރުކަޒު މާފިލާފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ. އޭގެ އިތުރުން މާފިލާފުށީގައި ސިފައިންގެ ޓްރެއިނިން ސްކޫލެއްވެސް އަންނަނީ ހިންގަމުންނެވެ.

comment ކޮމެންޓް