އިންސާނުން އަރުވައިގެން ދުއްވޭ ޑްރޯންއެއް އުފައްދައިފި، ބޭނުންވަނީ ސަރުކާރު ހުއްދަ

ޖެނުއަރީ 6، 2016: ޗައިނާގެ ޑުރޯން އުފައްދާ މީހަކު، އިންސާނުން އަރުވައިގެން ދުއްވޭގޮތަށް ތައްޔާރުކުރި ޑްރޯން، މި ޑްރޯން ވަނީ ރޭ ބައިލްއަގްވާމީ އިލްކްޓރޯނިކް ސާމަނު ދައްކާލުމަށް ބޭއްވި ޝޯގައި ދައްކާލާފައި -- ފޮޓޯ އޭޕީ

އިންސާނުން އަރުވައިގެން ދުއްވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޑްރޯންއެއް ރޭ ބައިލްއަގްވާމީ އިލްކްޓރޯނިކް ސާމަނު ދައްކާލުމަށް ބޭއްވި ޝޯގައި ދައްކާލާފައި އެވެ.

ޗައިނާގެ ޑްރޯން އުފައްދާ މީހެއް ކަމަށްވާ އިހާންގް އުފެއްދި އެޑްރޯންގެ ހުރިހާކަމެއް ނިމި މިހާރު ދުއްވަން ތައްޔާރުވެފައިވާއިރު އެ ޑްރޯން ދުއްވެން އަންނަނީ ޗައިނާ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހުއްދަ ލިބިގެނެވެ.

އިހާންގް ބުނި ގޮތުން އެ ޑްރޯން ދުއްވުމަށް ސަރުކާރުގެ ހުއްދަ ހޯދުމަށް ސަރުކާރާ ވަރާ ގާތުން އޭނާ އައްނަނީ މަސައްކަތް ކުރަމުންނެވެ. ނަމަކަށް 184 ކިޔާ އެ ޑްރޯން އަކީ އިންސާނުން އަރުވައިގެން ދުއްވޭ ގޮތަށް ތައްޔާރު ކުރި ފުރަތަމަ ޑްރޯން އެވެ.

ޖެނުއަރީ 6، 2016: ޗައިނާގެ ޑުރޯން އުފައްދާ މީހަކު، އިންސާނުން އަރުވައިގެން ދުއްވޭ ގޮތަށް ތައްޔާރުކުރި ޑްރޯން، މި ޑްރޯން ވަނީ ރޭ ބައިލްއަގްވާމީ އިލްކްޓރޯނިކް ސާމަނު ދައްކާލުމަށް ބޭއްވި ޝޯގައި ދައްކާލާފައި -- ފޮޓޯ އޭޕީ

އެ ޑްރޯން ތައްޔާރުކޮށްފައި ވަނީ އެކަކަށް އެރޭގޮތަށެވެ. އަދި ހެލިކޮޕްޓަރުތަކުގައި ބަހައްޓާފައި ހުއްނަ ކަހަލަ އެއް ސީޓް ޑޮރޯންގައި ހުއްނަ އިރު އޭތި އޮޕްރޭޓް ކުރަން މާގިނަ މަސައްކަތެއް ކުރަން ނުޖެހޭނެ ކަމަށް އިހާންގް ވަނީ ބުނެފަ އެވެ. ހަމަ އެކަނި ބަޓަންއަކަށް ފިތަންވެސް ބޭނުންވާނީ ދެފަހަރު ކަމަށާއި އެއީ ޑްރޯން ނައްޓާލާއިރުއާ ލޭންޑް ކުރާއިރު ކަމަށް އިހާންގް ބުންޏެވެ.

ވައިގެ ތެރޭގައި ޑްރޯން ދަތުރުކުރާއިރު ގަޑިއަކު 62 މޭލު ބާރުމިނުގައި ދަތުރުކުރާނެ ކަމަށް އިހާންގް ބުންޏެވެ. އަދި 11480 ފޫޓު މައްޗަށް އެރޭއިރު އޭގައި 23 މިނިޓް ދަތުރުކުރެވޭ ވަރުގެ ބާރު ހުރި ބެޓްރި ޕެކެއް އެކުލެވެ އެވެ. 440 ޕައުންޑުގެ ބަރުދަން ހުރި އެ ޑްރޯން މީހުންނަށް އުފުލާ ހެދޭނެކަމަށް ވެސް އިހަބް ވަނީ ބުނެފަ އެވެ.

ޖެނުއަރީ 6، 2016: ޗައިނާގެ ޑުރޯން އުފައްދާ މީހަކު، އިންސާނުން އަރުވައިގެން ދުއްވޭގޮތަށް ތައްޔާރުކުރި ޑްރޯން، މި ޑްރޯން ވަނީ ރޭ ބައިލްއަގްވާމީ އިލްކްޓރޯނިކް ސާމަނު ދައްކާލުމަށް ބޭއްވި ޝޯގައި ދައްކާލާފައި -- ފޮޓޯ އޭޕީ

އެ ޑްރޯންގެ ރައްކާތެރިކަމާމެދު ފުރިހަމަ އިތުބާރު އިހާންގް ވަނީ ދީފަ އެވެ. އެއްވެސް ނުރައްކަލެއް ކުރިމަތިވާކަމުގެ ސިގްނަލެއް ލިބިއްޖެ ނަމަ ފުރަތަމަ ސިގްނަލާއެކު ލޭންޑް ކުރާނެ ކަމަށް އިހާންގް ބުނެފައިވާއިރު ޑްރައިވް ކުރުމަށްވުރެ މާ ރައްކާތެރިވާނެ ކަމަށް ބުންޏެވެ.

އެ ޑްރޯންގެ އަގު އަދި ކަނޑައަޅާފައެއް ނުވެ އެވެ. ނަމަވެސް އަދިވެސް ޑްރޯންއަށް އިތުރު ބަދަލުތަކާއި ފީޗަރުތައް އިތުރުކުރުމަށްފަހު އަގެއް ކަނޑައަޅާނެ ކަމަށް އިހާންގް ވަނީ ބުނެފަ އެވެ.

comment ކޮމެންޓް