ދުނިޔޭގެ ހިއްސާގެ ބާޒާރުތަކަށް އެރި ލޮޅުމާއި އެެމެރިކާގެ އިގްތިސާދާ ގުޅުމެއްނެތް: އޮބާމާ

ނިޔުޔޯކްގެ ހިއްސާގެ ބާޒާރު

ލޫޒިޔާނާ (އޮގަސްޓް 28) : ދުނިޔޭގެ ގައުމުތަކުގެ ހިއްސާގެ ބާޒާރުގައި ހިއްސާގެ އަގުތައް ދަށަށް ދިޔުމުގެ ސަބަބުން އެތައް ބިލިޔަން ޑޮލަރެއްގެ ގެއްލުން އެމެރިކާގެެ ވިޔަފާރިވެރިންނަށާއި ހިއްސާގެ ބާޒާރަށް ލިބުނު ނަމަވެސް އެެމެރިކާގެ އިގްތިސާދު ވަރުގަދަކަމަށް ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

އޮބާމާ ވިދާޅުވީ ދުނިޔޭގެ ހިއްސާގެ ބާޒާރުތަކަށް ލޮޅުން އަރަމުން ދިޔަނަމަވެސް އެެމެރިކާގެ އިގްތިސާދު އޮތީ ވަރަށް ހަރުދަނާކޮށް ކަމުގަ އެވެ. ރިޕޯޓްތައް ބުނާގޮތުން މިއީ 2011 ވަނަ އަހަރަށް ފަހު ދުނިޔޭގެ ހިއްސާގެ ބާޒާރުތައް އާދަޔާ ޚިލާފަސް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ. މިކަމުގެ ސަބަބުން އެމެރިކާއާއި ޗައިނާއާއި ޔޫރަޕްގެ ހިއްސާގާ ބާޒާރުތަކަށް އެތަށް ހާސް ބިލިޔަން ޑޮލަރެއްގެ ގެއްލުންތައް ވެފައިވެ އެވެ. ނަމަވެސް ހިއްސާގެ އަގުތައް އަލުން އަރައިފި ނަަމަ މިކަން ފޫބެއްދޭނެ އެވެ.

ދުނިޔޭގެ ހިއްސާގެ ބާޒާރުތަކުގައި ހިއްސާތަކުގެ އަގުތައް ދަށަށްދިޔައީ ދުނިޔޭގެ ދެވަނަ އިގްތިސާދު ކަމަށްވާ ޗައިނާގެ އިގްތސާދުގެ މުސްތަގްބަލާމެދު އިތުބާރު ކުޑަވުމުގެ ސަބަބުންނެވެ. ޗައިނާގެ އިގްތިސާދުގެ އިތުބާރު ބައިނަލްއަގްވާމީ އިންވެސްޓަރުންނަށް ދިނުމުގެ ގޮތުން ޗައިނާ ފާއިތުވެދިޔަ ހަފްތާގެ ތެރޭގައިވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. މީގެތެރޭގައި އެ ގައުމުގެ ޕެންޝަން ފަންޑުން ހިއްސާގެ ބާޒާރަށް އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ދިނުންވެސް ހިމެނެއެވެ. މިއާއެކުވެސް ދުނިޔޭގެ ހިއްސާގެ ބާޒާރުތައް އަދިވެސް ހަމައަކަށް ނޭޅެއެވެ.

އެމެރިކާގެ ލޫޒިޔާނާގައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ އޮބާމާ ވިދާޅުވީ ދުނިޔޭގެ ހިއްސާގެ ބާޒާރުތަކަށް ލޮޅުން އެރީ އެމެރިކާގެ ސަބަބުން ނޫންކަަމަށާ އެމެރިކާގެ އިގްތިސާދުގެ މުސްތަގްބަލާމެދު އިންވެސްޓަރުންނަށް ބިރެއްނެތްކަމުގައެވެ. އޮބާމާ ވަނީ އަންނަ މާލީ އަހަރުގެ ބަޖެޓް ފާސްކުރުމުގެ ކަންތައް އަވަސްކޮށްދިނުމަށް ވެސް ކޮންގްރެސްއަށް ގޮވާލައްވާފައެވެ. އަންނަ މާލީ އަހަރުގެ ބަޖެޓް ފާސްވުމުން އެމެރިކާގެ އިގްތިސާދީ ހަރަކާތްތައް އިތުރުވެ ވަޒީފާގެ ފުރްސަތުތައް ގިނަވެގެންދާނެ ކަމަށް އޮބާމާ ވިދާޅުވިއެވެ.

2007 ވަނަ އަހަރު ދުނިޔޭގެ ހިއްސާގެ ބާޒާރުތަކަށް ލޮޅުންއެރީ އެމެރިކާގެ އިގްތިސާދާމެދު އިތުބާރު ކުޑަވުމުގެ ސަބަބުންނެވެ. އެފަހަރު މިމައްސަލަ ހައްލުވީ ޗައިނާގެ އިގްތިސާދުގެ ހަރުދަނާކަމާއި ވަރުގަދަ ކަމުގެ ސަބަބުންނެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު