ނޭޕާލު ރިލީފް ފަންޑަށް ލިބުނު ފައިސާ ޑޮލަރަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

ނޭޕާލު ރިލީފު ފަންޑާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ޓީވީއެމްގައި ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރޭން --ފޮޓޯ/ ރެޑު ކުރެސެންޓު

ދިވެހި ރެޑް ކްރެސެންޓާއި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ)ގެ އިސްނެގުމުގެ މަތިން ރާއްޖޭގެ މީޑިއާގެ ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދިޔަ "ނޭޕާލް ރިލީފް ފަންޑް" އަށް ލިބުނު ފައިސާ ޑޮލަރަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ނޭޕާލު ރިލީފް ފަންޑަށް ޖުމްލަ ލިބިފައި ވަނީ 2.5 މިލިއަން ރުފިޔާ އެވެ.

ފަންޑުގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭގޮތުން މީޑިއާއަށް މައުލޫމާތުދެއްވަމުން ރެޑްކްރެސެންޓުން ބުނީ ރުފިޔާ ޑޮލަރަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، އެމަސައްކަތް ނިމި ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ނޭޕާލު ރެޑް ކްރޮސް ސޮސައިޓީއާ ފައިސާ ހަވާލު ކުރެވޭނެ ކަމަށެވެ.

ފަންޑުން ފައިސާ ހޯދުމުގެ ހަރަކާތްތަށް ކުރިއަށް ދިޔަ ގޮތާއި ފަންޑަށް ލިބުނު ފައިސާގެ ތަފްސީލު މިއަދު ވަނީ ނޫސްވެރިންނާއި ހިއްސާކޮށްފަ އެވެ.

  • ރެޑް ކްރެސެންޓުގެ ހަ ގޮތްޕަކުން 1.5 ލައްކަ ރުފިޔާ ލިބިފައިވޭ.
  • ބޭންކް އޮފް މޯލްޑިވްސްއާއި އިސްލާމިކް ބޭންކުގައި ހުޅުވާފައި ހުރި އެކައުންޓްތަކަށް 2.6 ރުފިޔާ ޖަމާކޮށްފައި ވޭ.
  • އެސްއެމްއެސް ގެ ޒަރީއާއިން 66،000 ރުރިޔާ ލިބިފައިވޭ.
  • ނަން ހާމަކުރަން ނޭދޭ ފަރާތްތަކުން 1.8 ލައްކަ ރުފިޔާ ހަދިޔާކޮށްފައިވޭ.
  • ޓެލެތޯނުގެ ވަގުތުގައި ކުރިއަށް ދިޔަ ފުޓުބޯޅަ މެޗަށް ދެ ލައްކަ ރުފިޔާ ލިބިފައިވޭ.
  • އަމިއްލަ ކުންފުނިތަކާއި ޖަމްއިއްޔާތަކުން ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިފައިވޭ.
  • ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންގެ ފަރާތުން ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިފައިވޭ.
  • މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ ޑޮކްޓަރުން އެއް ލައްކަ ރުފިޔާ ފަންޑަށް ހަދިޔާ ކުރި.

ނޭޕާލު ރިލީފް ފަންޑަށް ލިބުނު ފައިސާ ޚަރަދު ކުރުމަށް ޚާއްސަ 10 ދާއިރާއެއް މީގެ ކުރިން ހާމަކޮށްފައިވީ ނަމަވެސް މިހާރު ވަނީ ޚަރަދުތަށްކުރާނެ ގޮތަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ނޭޕާލު ރެޑް ކްރޮސްގެ އެދުމުގެ މަތިން މިހާރު އެ ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައި ވަނީ ގެދޮރު ގެއްލިފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ގާއިމްކުރުމަށް ކަމަށް ރެޑް ކްރޮސެންޓުން ބުންޏެވެ.

ބިންހެލުމުގެ ސަބަބުން ނޭޕާލަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް އެހީގެ ގޮތުގައި 93 މިލިއަން އެމެރިކާ ޑޮލަރު ބޭނުންވާ ކަމަށް ނޭޕާލް ރެޑް ކްރޮސްއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް