ޝަޓާބަގް ޗެލެންޖްގެ ވަނަތައް ހޮވައިފި

ޝަޓާބަގް ޗެލެންޖް 2015 އިން އެއް ވަނައަށް ހޮވުނު ފޮޓޯ: އެމްއެމްއޭ

ގުލޯބަލް މަނީވީކް ފާހަގަ ކުރުމަށް ބޭއްވި "ޝަޓާބަގް ޗެލެންޖް 2015" ގެ އެންމެ މޮޅު ފޮޓޯ އާއި ވީޑިއޯ ހުށައެޅި ފަރާތްތައް ކަނޑައަޅައިފި އެވެ.

ބެންކްއޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މަރުކަޒީ ބެންކް، އެމްއެމްއޭ ގުޅިގެން ބޭއްވި އެ މުބާރާތުން ފޮޓޯ ނެގުމުން އެއް ވަނަ ހޯދައިގެން 10،000 ރުފިޔާ ހާސިލް ކުރީ ގ.ހޯޕް މުހައްމަދު ޔާސިފެވެ. ވީޑިއޯ ކެޓަގަރީއިން އެއް ވަނަ ހޯދައިގެން 15000 ރުފިޔާ ހާސިލް ކުރީ ޅ.ނައިފަރު، ގޮށިހަދާގެ، ގާއިޝް މުހައްމަދެވެ.

އެ ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވީ އެމްއެމްއޭ ޑެޕިއުޓީ ގަވަރުނާ އައިޝަތު ޒާހިރާ އާއި ބީއެމްއެލްގެ ޑިރެކްޓަރު ރީޓެއިލް ބެންކިން މުހައްމަދު ޝަރީފެވެ.

ޝަޓާބަގް ޗެލެންޖް އަކީ އެމްއެމްއޭއިން މަނީކް ވީކް ފާހަގަ ކުރުމަށް ބޭއްވި މުބާރާތެކެވެ. އެގޮތުން ފަހަށް ރައްކާތެރި ކުރުމުގެ ޝިއާރުގެ ދަށުން ޒުވާނުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ހިންގި އެމުބާރާތައް 36 ފޮޓޯ އާއި ފަސް ވީޑިއޯ ހުށައަޅާފައިވާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

comment ކޮމެންޓް