މެޑިކަލް ކުންފުންޏަކާ ދެކޮޅަށް ކަރީނާ ކަޕޫރު ދައުވާކުރަނީ

ކަރީނާ ކަޕޫރު ޚާން ----

ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރު ޚާންގެ ނަން ހުއްދަ ހޯދުމަކާއި ނުލައި ބޭނުންކުރި މެޑިކަލް ކުންފުންޏަކާ ދެކޮޅަށް ދައުވާ ކުރަން އޭނާ ނިންމައިފި އެވެ.

ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަށް ބޭނުންކުރާ ބޭސް ގުޅައެއްގެ އިޝްތިހާރެއްގައި އެ ކުންފުނިން ވަނީ ކަރީނާގެ ނަން ބޭނުންކޮށްފައެވެ. ބޮލީވުޑްގެ މަސައްކަތްތަކުގައި ބުރަކޮށް އުޅެމުންވެސް މިކަން މިވަނީ ކަރީނާގެ ސަމާލުކަމަށް އައިސްފައެވެ.

އެ މެޑިކަލް ފާމްގެ ރިޕޯޓްތަކުން ކަރީނާ އެ މީހުންގެ ބަރުދަން ލުއި ކުރުމަށް ބެނުންކުރާ ބޭސް ބޭނުންކޮށްގެން 13 ކިލޯ ލުއިކޮށްފައިވާ ކަމުގައި މީޑީއާ ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް ކަރީނާގެ ޓީމުން މިވަނީ މިހާރު ގާނޫނީ ގޮތުން މިކަމާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ.

ކަރީނާއަކީ މީގެ ކުރިން ބަރުދަން ލުއި ކުރުމުގެ އެއްވެސް ޕްރޮމޯޝަނެއްގައި ބައިވެރި ވެފައިވާ މީހެއް ނޫނެވެ. ވުމާއި އެކު ކަރީނާއަށް މިކަމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލެއްގެ ގޮތުން އެ ކުންފުނި 20 ކްރޯޑް ރުޕީސްއިން ޖުރިމާނާ ކުރަން ނިންމައިފައިވެއެވެ.

comment ކޮމެންޓް