ކަރަން ޖޯހަރްގެ "ކަޕޫރު އެންޑް ސަންސް"ގެ ޝޫޓިންތައް ފަށައިފި

ފަވާދް ޚާން، އާލިއާ ބަޓް އަދި ސިދާތް މަލޮހްތުރާ ---

ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް ޝަކުން ބަޓްރާ ޑައިރެކްޓް ކުރާ ފިލްމް "ކަޕޫރު އެންޑް ސަންސް"ގެ ޝޫޓިންތައް މުމްބާއީގައި އިއްޔެ ފަށައިފިއެވެ.

މި ފިލްމުގެ އިސް ސަފުން ފެނިގެންދާނީ ސިދާތު މަލްހޮތުރާ އާއި އާލިއާ ބަޓްގެ އިތުރުން ފަވާދް ޚާނެވެ. މިއީ ޒަމާނީ އާއިލީ ދިރިއުޅުމާއެކު ތިނެސްކަން ލޯބި ހިމެނޭ ގޮތަށް އުފައްދާ ފިލްމެކެވެ.

ބެލުންތެރިންނަށް ސިދާތު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ އޭކް ވިލިއަން އިންނެވެ. ޕާކިސްތާނުގެ އެކްޓަރު ފަވާދް ޙާން އެންމެ ފަހުން އާންމުންނަށް ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ރިލީޒް ކުރި ސޯނަމް ކަޕޫރުގެ ޚޫބްސޫރަތުންނެވެ.

ބަޓްރާ ޑައިރެކްޓް ކޮށްފައިވާ ފިލްމް "އޭކް މޭ އައުރު އޭކް ތޫ" އުފައްދާފައިވަނީ ވެސް ކަރަން ޖޯހަރެވެ. އަދި ހަމަ މިއާއި އެކު އާލިއާ އަދި ސިދާތް ކުޅުނު ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔާ" އުފައްދާފައިވަނީ ވެސް ކަރަން ޖޯހަރެވެ.

comment ކޮމެންޓް